
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ޖަންގަލީގެ އުސޫލު މި ގައުމުގައި އާންމުކުރަން ފުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްކި ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. 7 ފެބްރުއަރީ 2012 ވަނަ އަހަރު ވެރިކަން ބަދަލުކޮށްލީ ބަޤާވާތްކޮށްގެން ކަމަށް އެމްޑީޕީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އެ ވެރިކަން ބަދަލުވިތާ 13 އަަހަރު މިއަދު ފުުރުމާއި ގުޅިގެން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެ 13 އަހަރު ކުރިން އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޢާވާތަކުން ވައްޓާލުމަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ ޑިމޮކްރަސީއަށް ދެވުނު އެންމެ ބޮޑު ހަމަލާ ކަމަށެވެ. އެއީ ވެރިކަމުގެ ނިޒާމާއި ދައުލަތުގެ އިދާރާތަކަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާލައި ޑިމޮކްރަސީގެ ދަތުރުގައި ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ދުވަހެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
“އެ ބަޢާވާތުގެ މައްޗަށް ރައްޔިތުންގެ ބާރުވެރިކަން ކުރި ހޯދީ ބިރުވެރި މާހައުލެއްގައި އެތައް ބަޔަކު ކުރި ހިތްވަރުގަދަ މަސައްކަތްތަކަކުން. ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ދެގޮތެއް ނުވެ އަޅުގަނޑުމެން ދެމިތިބޭނަން.”، ފައްޔާޒު ވިދާޅުވިއެވެ. އެ ޕޯސްޓާއި ގުޅިގެން ޝުޖާއު ވިދާޅުވީ މީގެ 13 އަހަރު ކުރިން ވެރިން ރައްޔިތުންނަށް ހަރާން ކޯރުވެ، ރައްޔިތުންގެ މުދާ ނުއަގުގައި ވިއްކާ،ދައުލަތް ލޫޓުވައި،ރައްޔިތުން ސަރުކާރު ހިންގުމަށް ދިން ފުރުސަތުގެ ބޭނުން ނަހަމަގޮތުގައި ހިފައި ،އެންމެން އެކުގައި ރޭގަނޑު ހަަމައިން ނެއްޓި ބޮއި މަޖާކުރުމުގައި ވެރިކަމުގެ ދުވަސްތައް ހޭދަކުރަން ހެދުމުން ރައްޔިތުން ނުކުމެ ދިންބާރު އަތުލުމަކީ ބަގާވާތެއް ނޫން ކަމަށެވެ.
އަދި ޝުޖާއު ވިދާޅުވީ “ހޭވެރިކަން ވީމާ ނުކުމެ ދައުލަތުގެ މުދަލުގައި ހުޅުޖަހައި ދައުލަތެއްގެ ސިފަ ގެއްލުވާލި.”ކަމަށެވެެ. ޝުޖާއު ވިދާޅުވީ ޖަންގަލީގެ އުސޫލު މި ގައުމުގައި އާންމުކުރަން ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
