
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ފުރަތަމަ އަހަރު ގެނެވުނު ތަރުތީބުތަކާއި މެނިފެސްޓޯ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނަަށް ބެއްލެވި ނަމަވެސް ރާއްޖޭގެ މަސްވެރި ސިނާއަތް އެހެން ހަރުފަތަކަށް ގެނެސް، އެތައް ގުނައަކުން ތަރައްގީވެގެން ދާނެކަން އެނގިގެން ގޮސްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރުންގެ ފޯރަމްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ގައުމަށް ދިމާވި އުނދަގޫ ހާލަތުގައި ވެސް ފުުރަތަމަ އަހަރު ރަނގަޅު އިންތިޒާމްތަކެއް ގެނެސްދެއްވީ މަސްވެރި ސިނާއަތް ސިންދަފާތުކޮށް ތަރައްގީކުރުމަށްޓަކައި ކަމަށެވެ. އަދި ފައިސާ ހޯދައި އެކަންކަން ކުރައްވާނެ ގޮތުގެ ތަރުތީބެއް ރައީސް ގެންނެވި ކަމަށާއި މިއަހަރަކީ އެކަން ތަންފީޒު ވާނެ އަހަރު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
“މި އަހަރު ތަންފީޒުކުރަން ފަށާއިރު ހުރިހާ ރައީސުން ވެސް އެބަ ވިދާޅުވޭ ރާއްޖެއިން ރޯމަހުގެ ގޮތުގައި މަސް ބޭރުކޮށްގެން ތިބެގެން އަޅުގަނޑުމެންނަކަށް ފައިދާއެއް ނުލިބޭނެކަން. އެކަން އެބަ އެނގޭ ހުރިހާ ރައީސުންނަށް. /މަސް/ ދަޅަށް ލާންޖެއެހޭ ބައެއް ރައީސުން އެބަ ވިދާޅުވޭ. ބައެއް ރައީސުން ވިދާޅުވަނީ އަގު އެއްކުރަން އެބަ ޖެހެއޭ، ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރަން ޖެހެއޭ. އަޅުގަނޑުމެން އެންމެން ހުރިހާ ސަރުކާރުތަކުން ވެސް ގަބޫލުކުރޭ. ނަމަވެސް އަޅުގަނޑުމެން މި ތިބީ ސަގާފަތެއްގެ މަތީގައި ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށްޓަކައި.” ޝިޔާމް ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖޭގެ މަސްވެރި ސިނާއަތުގެ ތަރައްގީއަށް ހޭދަކުރަން ހުރި ފައިސާ ސަބްސިޑީގެ ގޮތުގައި ދެމުންދިޔަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ސަބްސިޑީން އޭގެ އެންމެ ބޮޑު މަންފާއެއް ކުރަނީ ދިވެހިންނަކަށް ނޫން ކަމަށް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ސަބްސިޑީން އެންމެ ބޮޑު ފައިދާއެއް ކުރަނީ ބޭރުގެ މަސްކުންފުނިތަކަށް ކަމަށެވެ. ޝިޔާމް ވިދާޅުވީ 17 ރުފިޔާގައި ހުރި މަސް 25 ރުފިޔާއަށް ހެދުމުން 13 ވަރަކަށް ރުފިޔާ ސަބްސިޑީގެ ގޮތުގައި ދޭއިރު ރާއްޖޭގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް މިފްކޯއަށް ލޭންޑްކުރާ 72000 ޓަނުގެ ކަޅުބިލަމަސް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހޭދަ ކުރޭ ސަބްސިޑީގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.
އޭނާ ވަނީ މަސްވެރި ސިނާއަަތަށް އުމްރާނީ ގޮތުން ކުރަން ޖެހޭ ކަންކަމަށް ހޭދަ ކުރާނީ ސުވާލު އުފައްދަވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
