
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
އައިސީޓީގެ ދާއިރާއިން އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ގައުމު އުފެއްދުންތެރިކަމުގެ މިންގަނޑުގައި 2030 އާ ހަމައަށް ދާއިރު އައިސީޓީ ދާއިރާގެ ހިއްސާ 15 އިންސައްތައަށް މަތިކޮށް، އަދި ޑީޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހީންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުން ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
އެގޮތުން އައިސީޓީގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ޓަކައި ވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ފަށަައިގެން ކުރިއަށް ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ނިމިދިޔަ ހަފްތާގައި އެކަމާ ބެހޭ ގޮތުން ވަޒީރުގެ މަޖިލީހުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ނިންމުންތަކެއް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތޭރޭގައި ސަރުކާރުން ޓެކްނޮލޮޖީގެ ގަވަނަންސް ހަރުދަނާ ކުރުން، ޑިޖިޓަލް އައިޑެންޓިޓީ ކަދު ތައާރަފް ކުރުން، ޑެޓާ ޝެއަރިން ޕްލެޓްފޯމެއް ބިނާކުރުން، ސައިބަރ ސެކިއުރިޓީ ހަރުދަނާ ކުރުން ފަދަ އެތައް ކަމެއް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އާދެ އަޅުގަނޑު މިއަހަރު އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ކުރި ދަތުރަކީ ވެސް މިކަމަށް މަގު ކޮށުމަށް ކުރި ވަރަށް މުހިންމު ދަތުރެއް،” ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި ޑިޖިޓަލް އައިޑީއެއްގެ ގޮތުގައި އީ-ފާސް ތަރައްޤީ ކުރެވިފައިވީ ނަމަވެސް، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި، ބެސްޓް ޕްރެކްޓިސްތަކާއި ހަމަ ކުރެވޭ މިންވަރަށް ޑިޖިޓަލް އައިޑީ ތަރައްޤީކޮށް އީފާސްގެ އާކިޓެކްޗަރ ހަރުދަނާ ކުރެވިފައިނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މި ދާއިރާ ވެސް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭހެން ތަރައްޤީކޮށް ކުރިއަރުވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އޯޕަން ޑާޓާ ޝެއަރިންގް ޕްލެޓްފޯމް ތަރައްޤީކޮށް ޑިޖިޓަލް އައިޑެންޓިޓީގެ ޒަރިއްޔާއިން ޚިދުމަތް ފޯރުކޮށްދޭ އެޕްލިކޭޝަންތަކުން ދައުލަތުގެ ހުރިހާ ޚިދުމަތެއް ލިބޭނޭ ގޮތަށް މުޅި ސިސްޓަމް ބައްޓަންކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. 21 ވަނަ ޤަރުނުގެ ދިވެހިރާއްޖެއަށް މި ޒަމާނީ ބޮޑު ޑިޖިޓަލް އިންޤިލާބީ ބަދަލު ގެންނަން ބޭނުންވާ ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވައިފައެވެ.
މި މަސައްކަތްތަކުގެ ނަތީޖާއަކަށް ވާނީ ކޮރަޕްޝަން ނައްތާލުމަށް ފަސޭހަވެގެން ދިއުން، ސަރުކާރުގެ ސިޔާސަތުތައް ހާމަކަންބޮޑު ގޮތެއްގައި މީހުންނަށް ފެންނަން ފެށުން އަދި ސިޓީތަކާއި އެހެނިހެން ފޯމުތައް ހުށަހެޅުމަށް އިސްރާފުވެ ގެއްލިގެންދާ ވަގުތުތައް ސަލާމަތްވުން ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ. އެހެން ކަމުން ވަކި ނިޒާމެއްގެ ތެރެއިން ކަންކަމުގެ “ސްޓޭޓަސް” ބަލާލެވި ސަރުކާރުން ކުރަމުންދާ މަސައްކަތް ވަގުތުން ފެންނަމުންދާނެއެވެ. ތިމާގެ އަމިއްލަ ރެކޯޑްތަކަށް އެއްވެސް ފަރާތަކުން އެކްސެސް ވިއަސް، ބަދަލެއް ގެނައިކަމުގައި ވިޔަސް، އޭގެ ފުރިހަމަ މަޢުލޫމާތު އެމީހަކަށް ވަގުތުން ބަލާލުމުގެ ހިތްހަމަޖެހުމާއި، ރައްކާތެރިކަން ޔަޤީންވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ޑިޖިޓަލައިޒޭޝަންގެ މި ނިޒާމް ޤާއިމުވެގެންދާނީ ވަކި އޮފީހެއް ވަކި މުއައްސަސާއެއްގައެއް ނޫން. ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި. އެއް ގޮތަކަށް. އެއް މިންގަނޑަކަށް. ދުނިޔޭގައި ކުރިއަރާފައިވާ، މިފަދަ އިތުބާރު ހުރި ފަސޭހަ ޒަމާނީ ގޮތްތައް ދިވެހި ލޮބުވެތި ރައްޔިތުންގެ ދިރިއުޅުމުގެ ބަޔަކަށް ހަދަން އަޅުގަނޑު ބޭނުން،” ރައީސް ވިދާޅުވިއެވެ. ހަތަރު އަހަރު ދުވަހުގެ މި މަޝްރޫޢު ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނައި، އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެހީތެރިކަމާއެކު ކާމިޔާބުކަމާއެކު ތަންފީޒުކުރައްވާނެ ކަމަށް އެމަނިކުފާނުގެ ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
