
އަންހެނުންެ ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދިނުމަށް 100 މިލިއަން ރުފިޔާގެ ޚާއްސަ ލުއި ލޯނު ސްކީމެއް ތައާރަފް ކުރެވިފައިވާ އިރު، މި ލޯނު ސްކީމުގެ 25 އިންސައްތަ ހާއްސަކުރެވިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ އަންހެނުންނަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ގައުމު ތަރައްގީ ކުރާނީ އެއްވެސް ބަޔަކު ބާކީ ނުކޮށެވެ. އެގޮތުން، އަންހެނުންގެ ކުރިއެރުމާއި އެ ކަނބަލުން ބާރުވެރިކުރުވައި ފުރުސަތުތައް ފަހިކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަން ދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
“މި ޚާއްސަ ލޯން ސްކީމްގެ 25 އިންސައްތަ ޚާއްސަކުރެވިފައިވާނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް. މި ލޯނުސްކީމްގެ ދެވަނަ ފިޔަވަހި މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެ.” ރައީސް ވިދާޅުވިއެވެ.

މި ޚާއްސަ ލޯނު ސްކީމްގެ ފުރަތަމަ ފިޔަވަހީގައި 60 ފަރާތަކަށް މިހާރު ވަނީ ލޯނު ދޫކުރެވިފައެވެ. މި ސްކީމަކީ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދިނުމަށްޓަކައި ތަޢާރަފުކުރެވިފައިވާ ސްކީމެއް ކަމަށާއި، މިއީ އަންހެނުންގެ އިގްތިސާދީ ބައިވެރިވުން އިތުރުކޮށް، އެ ކަނބަލުން ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އަންހެނުންނަށް ހާއްސަކޮށް “ސްޓާޓްއަޕް ލޯން ސްކީމް” އެއް ތައާރަފުކުރުމަކީ ސަރުކާރުގެ ހަފުތާ 14 ގެ މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްސަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް، ފުރަތަމަ 63 ދުވަސް ތެރޭގައި ހަމަޖައްސައިދިނުން ހިމެނެއެވެ. އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ހިދުމަތް ލިބިދިނުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށް މި ސަރުން ވަނީ “ފަށާ މަދަދު” ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައެވެ. މިގޮތުން މި ފަރާތްތަކަށް 100،000 – 500،000ރ. ހަމައަށް ލޯނު ދޫކުރެވޭއިރު، ލޯނު އަނބުރާ ދެއްކުމަށް ހަތް އަހަރުގެ މުއްދަތެއް ލިބިގެން ދާނެއެވެ. މި ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި އަހަރަކު %6 ނަގާނެއެވެ.
މީގެއިތުރުން ލީސިން ފައިނޭންސްގެ ގޮތުގައި ފައިސާ ހޯދަން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށާއި ރާއްޖޭގައި ހައްދާ ބާވަތްތައް މާކެޓުކޮށް ގަނެ ވިއްކުމަށް ޚާއްސަ ނިޒާމެއް ގާއިމުކުރުމާއި އެ ނިޒާމުގެ ތެރެއިން އަންހެނުންނަށް ޚާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމާއި ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުން އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ހިންގަން ފެށުމަށް ވެސް ހަފުތާ 14 ގެ މަގުޗާޓުގައި ވަނީ ހިމަނުއްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
