
(ފޮޓޯ ކްރެޑިޓްސް: އައްޑޫ ސިތީ ކައުންސިލް)
އައްޑޫ ސިޓީގައި 1،100 ހައުސިންގ ޔުނިޓު އަޅަން ނިންމާފައިވާތީ އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް ޝުކުރު އަދާކޮށްފިއެވެ. އިއްޔެ ބޭއްވި ކައުންސިލްގެ 4 ވަނަ ދައުރުގެ 175 ވަނަ ރަސްމީ ޖަލްސާގައި އައްޑޫ ސިޓީގެ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސަޢީދު ވަނީ އައްޑޫގައި 1,100 ހައުސިންގ ޔުނިޓް އެޅުމަށް ނިންމި ނިންމުމާ ގުޅިގެން ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މި މަޝްރޫޢުގެ ދަށުން ހިތަދޫގައި 500 ޔުނިޓް، މަރަދޫގައި 100 ޔުނިޓް، މަރަދޫފޭދޫގައި 100 ޔުނިޓް، ފޭދޫގައި 200 ޔުނިޓް، ހުޅުދޫގައި 100 ޔުނިޓް އަދި މީދޫގައި 100 ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލަރު ސަޢީދު ވިދާޅުވީ ބޯހިޔާވަހިކަމަކީ އައްޑޫ ރައްޔިތުންނަށް ވެސް ވަރަށް މުހިންމު ކަމެއްކަމަށާއި ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތަކަށް ސަރުކާރުން އިސްކަންދޭތީ ޝުކުރުވެރިވާ ކަމަށެވެ. އަދި މި މަޝްރޫޢު އަވަހަށް ފެށި، ރައްޔިތުންނަށް އޭގެ މަންފާ ލިބުމަކީ އުންމީދުކަމުގައި ވިދާޅުވިއެވެ.
“އުފާވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޑޫ ސިޓީއަށާއި މުޅި ރާއްޖެއަށް ހާއްސަކޮށްގެން މި ކުރިޔަށް ގެންދާ ހައުސިން މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީއަށް ޖުމްލަ 1،100 ހައުސިން ޔުނިޓު އަޅަން ނިންމި ނިންމުމަކީ ވަރަށް އުފަލާއެކު ބަލައިގަންނަ ކަމެއް. އެކަމަށް ޓަކައި ސަރުކާރަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން.” ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލަރު ސަޢީދު ވަނީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށާއި، ލިންކް ރޯޑުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ރައީސް މުޢިއްޒުގެ ވަޢުދުގެ ދަށުން ރާއްޖޭގެ އުތުރުގައި 20,000 އަދި ދެކުނުގައި 20,000 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އޭގެ ތެރެއިން 1 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައިވަނީ އުމްރާނީ ތަރައްޤީއަށެވެ.
މިކަމުން އެނގިގެންދަނީ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާކަމާއި، އެކަން ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
