
(ފޮޓޯ ކްރެޑިޓްސް: ކޮންސްޓްރަކްޝަން މިނިސްޓްރީ)
މާލެ-ތިލަމާލެ ބްރިޖުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރ، ޑރ. އަބްދުﷲ މުއްތަލިބު، އިންޑިއާ ސަފީރު، ޖީ. ބަލަސުބްރަމާނިއަން އާ މަޝްވަރާކުރައްވައިފިއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މި ބައްދަލުވުމަކީ ސަފީރުގެ އެދިލެއްވުމުގެ މަތިން ކުރިއަށް ގެންދެވުނު ބައްދަލުވުމެކެވެ. އިންޑިއާގެ ހައިކޮމިޝަންގައި ބޭއްވި އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ހިނގަމުންދާ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
ވަކިން ޚާއްސަކޮށް އިންޑިއާގެ އެހީގެ ދަށުން ހިންގާ މާލެ-ތިލަމާލެ ބްރިޖުގެ މަަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެއެވެ. އަދި މުސްތަގުބަލުގައި ދެގައުމު ގުޅިގެން، އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގެ އުމްރާނީ ތަރައްގީއާއި ކުރިއެރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުންވެސް މަޝްވަރާކޮށްފައި ވެއެވެ. އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރާއި، އިންޑިއާ ސަފީރާ ދެމެދު މިފަދަ މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައިވާއިރު، މީގެ ތިން ދުވަސް ކުރިން އިންޑިއާގެ އިސް ވަފުދެއް ވަނީ ތިލަމާލެ ބްރިޖް ސައިޓަށް ޒިޔާރަތްކުރައްވައި، މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް އަވަސް ކުރަން މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.
އެ ބްރިޖަކީ މާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް އެޅޭ ބްރިޖެކެވެ. މި މުހިންމު މަޝްރޫޢު ކުރިއަށްދަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 15 އާއި ހަމައަށް ބްރިޖުގެ 46.58 އިންސައްތަ ވަނީ ނިމިފައެވެ. ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މައިގަނޑު އަޅާނީ ތިން ބްރިޖެކެވެ. އެ ތިން ބްރިޖަކީ:
– މާލެ އާއި ވިލިމާލެ ގުޅާލާ ބްރިޖު.
– ވިލިމާލެ އާއި ގުޅީފަޅު ގުޅާލާ ބްރިޖު.
– ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖު.
– ވިލިމާލޭގައި އުޅަނދުތައް ދަތުރުކުރަން ރޭމްޕެއް ހަދާނެ.
– ގުޅީފަޅުގައި އުޅަނދުތައް ދަތުރު ކުރަން މަގެއް ހަދާނެ.
– ވިލިމާލެ އާއި ތިލަފުށިން ބައެއް ހިއްކުމަށް ހަމަޖެހިފައިވޭ
ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން ބްރިޖުގެ ދިގު މިނުގައި 6.9 ކިލޯމީޓަރު ހުންނާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
