
ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އައު ވައިޑްބޮޑީ މަތިންދާބޯޓު މެދުވެރިކޮށް ޗައިނާއަށް ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓުކުރުމުގެ ފުރުސަތުތައް ބަލައި ދިރާސާކުރުމަށް މަޝްވަރާތަކެއް ފަށައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)، މޯލްޑިވިއަން އަދި މަސްވެރިކަމުގެ ސިނާއަތުގެ މުހިންމު ބައިވެރިންނާ ދެމެދުގައެވެ. ފިޝަރީޒް މިނިސްޓްރީގެ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.
ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނާގޮތުން، މި މަޝްވަރާތަކުގެ މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާއިން އެކްސްޕޯޓުކުރުމުގެ ފުރުސަތުތައް އިތުރުކުރުމެވެ. މިހާރު ޤައުމީ އެއަރލައިނުން ޗައިނާގެ ތިން މަންޒިލަކަށް ސީދާ ދަތުރުތައް ކުރަމުންދާތީ، މި ދަތުރުތަކުގައި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރުމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ ވިޔަފާރީގެ މިނިވަން އެއްބަސްވުމުގެ ފައިދާ އިތުރަށް ލިބިގެންދާނެއެވެ.
މޯލްޑިވިއަންގެ އައު ވައިޑްބޮޑީ މަތިންދާބޯޓުގައި 10 ޓަނުގެ ކާގޯ އުފުލޭނެއެވެ. މި ދަތުރުތަކުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް އިމްޕޯޓާއި އެކްސްޕޯޓުގެ ގޮތުން އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މޯލްޑިވިއަންގެ އައު ވައިޑްބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނެސްފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި ބޯޓުގައި 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓުގެ އިތުރުން 210 އިކޮނޮމީ ސީޓު ހިމެނެއެވެ.
މިހާރު މޯލްޑިވިއަންއިން ޗައިނާގެ ތިން މަންޒިލަކަށް ހަފުތާއަކު ތިން ދަތުރު ކުރެއެވެ. އެއީ ޗެންގްޑޫ، ވެރިރަށް ބެއިޖިން އަދި ޝަންގްހާއި އަށެވެ. މި ދަތުރުތަކުގެ ޓިކެޓު އަގުތަކަށް ބަލާއިރު، ޗެންގްޑޫއަށް ދެކޮޅު ޓިކެޓުގެ އަގަކީ 688 އެމެރިކާ ޑޮލަރެވެ. ބެއިޖިންގ އަށް ދެކޮޅު ޓިކެޓުގެ އަގު 788 އެމެރިކާ ޑޮލަރަށް އަރާއިރު، ޝަންގްހާއި އަށް ދެކޮޅު ޓިކެޓުގެ އަގަކީ 777 އެމެރިކާ ޑޮލަރެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓު އާމްދަނީ އިތުރުވެ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، މިއީ ޗައިނާގެ ބާޒާރުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކުގެ ޑިމާންޑް އިތުރުވެ، ދެ ޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
