
ފ. މަގޫދޫ އެއާޕޯޓް ރަންވޭގެ އޭބީސީ އެޅުމުގެ %56 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި މަގޫދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ބޮޑު ބައެއް ވަނީ ނިންމާލެވިފައެވެ. މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ރަންވޭގެ އޭބީސީ އެޅުމުގެ %56 މަސައްކަތް ވަނީ ނިމިފައެވެ. އަދި ޓާމިނަލް ބިލްޑިން އިމާރާތްކުރުމުގެ %53 މަސައްކަތް ވެސް ވަނީ ފުރިހަމަކުރެވިފައެވެ. މީގެ އިތުރުން، ފަޔާ ބިލްޑިން އިމާރާތްކުރުމުގެ %24 މަސައްކަތްވެސް ވަނީ ނިމިފައެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަގޫދޫގައި އެއާޕޯޓް އަޅާ ސަރަހައްދު އެ ރަށު ކައުންސިލުގެ އިހްތިސާސް އިންވެސް ވަނީ ބޭރުކޮށްފައެވެ. މަގޫދޫ އެއަޕޯޓް އަޅާ ސަރަހައްދު އެރަށު ކައުންސިލްގެ އިހުތިސާސުން ވަކިކޮށް އެ ސަރަހައްދަކީ ވަކި އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި އޭރުގެ ސަރުކާރުން ކަނޑައަޅިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ފ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުގެ ފިކުރަކީ ތަރައްގީގެ ފިކުރުކަން ފާހަގަކުރައްވައި މަގޫދޫގެ އެއާޕޯޓްގެ މަޝްރޫއުވެސް އަދި ތަރައްގީގެ އެހެން މަޝްރޫއުތައްވެސް ހުއްޓާނުލައްވައި ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އެހެންކަމުން މަގޫދޫ އެއާޕޯޓުގެ ހުއްޓިފައިވާ މަސައްކަތް 2024 ވަނަ އަހަރު ޖުލައި މަހުގައި ވަނީ އަލުން ފަށާފައެވެ.
މަގޫދޫ އެއަޕޯޓް މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރެވުނީ 2023 ވަނަ އަހަރު އޮގަސްޓު މަހު 10 ވަނަ ދުވަހުގައެވެ. މި މަޝްރުއޫގެ ދަށުން އެރަށު ބިން ހިއްކުމާއި ގޮނޑޫދޮށް ހިމާޔަތް ކުރުންވެސް ހިމެނެއެވެ. އަދި އެއާޕޯޓު އެޅުމަށް 30.8 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު ރަށުގެ ތަރައްގީ އަށާއި އެހެނިހެން ބޭނުންތަކަށް އިތުރު 17 ހެކްޓަރުގެ ބިންވެސް މި މަޝްރޫޢުގެ ދަށުން ހިއްކިގެން ދާނެއެވެ.

މިއީ 231.5 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. މަގޫދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއަޕޯޓުގައި 1،500 މީޓަރު ދިގު 30 މީޓަރުގެ ފުޅާ ރަންވޭ އަކާއި ޓެކްސީވޭ، އޭޕްރަން، އަދި ފަޔަޕެޑް / ރޯޑްއާ އެކު ހެދުމާ، ޕެސެންޖާ ޓާމިނަލް އިމާރާތެެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންޓްރޯލް ޓަވަރާ އެކު ފަޔާ ސްޓޭޝަނެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
