
ހއ. އުލިގަމުގައި ދިރިއުޅެމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ޒުވާނަކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން ވަޒީފާއެއް ދިނުމަށް އެދުނުތާ ތިން ދުވަސް ފަހުން، އެކަން ހަމަޖައްސައިދީފިއެވެ. ރައީސް ޑރ. މުއިއްޒު، އަތޮޅުތެރޭގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު އުލިގަމަށް ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އުލިގަމަށް ވަޑައިގަތުމުން އެ ރަށުގެ ބަޔަކު އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.

ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވަން ނުކުތް މީހުންގެ ތެރޭގައި އުލިގަމު، ފަޒާ، އިހްސާން އަބްދުލް މުހްސިން ހިމެނެއެވެ. އޭނާއަކީ ހާއްސަ އެހީއަށް ބޭނުންވާ ޒުވާނެކެވެ. ސަފުގައި ހުރެ އިހްސާން، ރައީސް ޑރ. މުއިއްޒަށް ދިއްކޮށްލީ ސިޓީއެކެވެ. އެ ސިޓީގައި އިހްސާން ރައީސް ޑރ. މުއިއްޒުގެ އަރިހުގައި އެދުނީ ވަޒީފާއަކަށެވެ. އޭގެ ތިން ދުވަސް ފަހުން އިހްސާން ވަނީ އުލިގަމު ފެނަކަ ބްރާންޗުން ވަޒީފާ ހަމަޖައްސައި ދީފައެވެ. ރައީސް ޑރ. މުއިއްޒުގެ މި ނިންމެވުމާ ގުޅިގެން ގިނަ ބައެއްގެ ތައުރީފް އެމަނިކުފާނަށް ވަނީ ލިބިފައެވެ.

“ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ކަންކަމަށް އިޖާބަދެއްވާ ރައްޔިތުންގެ އިހުސާސްތައް ދެނެވަޑައިގަންނަވާ އޯގާތެރި ބޭފުޅެއް” އެކަކު ކުރި ޕޯސްޓެއްގައިވެއެވެ. އުލިގަމު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އުލިގަމުގެ ތަރައްގީ އަށް ބޭނުންވާ ގިނަ މަސައްކަތްތައް މިއަހަރުގެ ބަޖެޓުގެ ތެރޭގައި ހިމަނާފައިވާނެ ކަމަށާއި ވަކިން ހާއްސަކޮށް ސިއްހީ ދާއިރާއަށް ބޭނުންވާ ކަންތައްތައް އޭގެތެރޭގައި ހިމެނޭނެ ކަމަށެވެ.
ސިއްޚީ މަރުކަޒުގެ ޖާގަ އާއި އެތަނުގެ ހާލަތާއި އަދި ވަސީލަތްތައް ވަރަށް އާދައިގެ ގޮތަކަށް ކުޑަކޮށް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީކޮށް އުލިގަމުގައި ފެންވަރު ރަނގަޅު ހިދުމަތްތަކާއެކު ސިއްހީ މަރުކަޒެއް އަޅައި ދެއްވާނެ ކަމަށެވެ. އަދި މި މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
