
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ދުވަހުވެސް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 9،000 އަށްވުރެ މައްޗަށް ޖެހިލައިފިއެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާތަނަށް 233،457 ފަތުރުވެރިން އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރުު، %13.6 ކުރިއެރުމެކެވެ.
ފެބްރުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ފުރަތަމަ ދެ ދުވަހު 18،593 ފަތުރުވެރިން އައިސްފައިވާ ކަމަށް ދައްކައެެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާކިޔާއިރު، %41.1 ކުރިއެރުމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު 9،495 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނަ ދުވަހު 9،098 ފަތުރުވެރިން އައިސްފައި ވެއެވެ.
މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި 10 ގައުމު:
ޗައިނާ: 39،887 ފަތުރުވެރިން
ރަޝިއާ: 23،512 ފަތުރުވެރިން
އިޓަލީ: 22،162 ފަތުރުވެރިން
އިނގިރޭސިވިލާތް: 20،577 ފަތުރުވެރިން
ޖަރމަނީ: 13،653 ފަތުރުވެރިން
އިންޑިއާ: 10،832ފަތުރުވެރިން
ފްރާންސް: 7،911 ފަތުރުވެރިން
އެމެރިކާ: 7،002 ފަތުރުވެރިން
ޕޮލޭންޑް: 4،998 ފަތުރުވެރިން
އޮސްޓްރިއާ: 4،171 ފަތުރުވެރިން
ތަފާސްހިސާބުތަކުން ދައްްކާގޮތުންއައި ފަތުރުވެރިންގެ 163،190 ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ. 58،817 މީހަކު ގެސްޓް ހައުސްތަކުގައި މަޑުކުރި އިރު ހޮޓަލްތަކުގައި މަޑުކުރީ 5،884 މީހެކެވެ. ފަތުރުވެރި އުޅަނދުތަކުގައި 5،479 މީހަކު މަޑުކުރިއެވެ.
ފަތުރުވެރިން ރާއްޖެ ގެނައުމަށް މީގެ ކުރިން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާ އިން އެކިއެކި ރިކޯޑުތައް ވަނީ ހާސިލްކޮށްފައެވެ. އަދި ދުނިޔޭގެ ފެންވަރުގެ ޓްރެވެލް އެވޯޑް ޝޯތަކުގެ ރާއްޖޭގެ ރިސޯޓުތަކަށް އަބަދުވެސް ރަން ވަނަތައް ދަނީ ލިބެމުންނެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
