
ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ މި ގައުމު ދުށް އެންމެ ބޮޑު މަކަރުވެރި އަދި ހިޔާނާތްތެރިޔާ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ. ފަލާހް އެގޮތަށް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވެ، ޔާމީން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.
ރައީސް މުޢިއްޒުއަކީ މި ޤައުމު ދުއް އެއްމެ އަމާނާތްތެރި ރައީސް. ޔާމީން އަކީ މިފަހުގެ ތާރީޚުގައި މި ޤައުމު ދުއް އެއްމެ ބޮޱު މަކަރުވެރި، ޚިޔާނާތް ތެރިޔާ. ކުރެއްވި ކަންކަން އޮއްބާލަން ނޫޅުއްވާ! އިންސާފް އަރާ ހަމަ ކުރާނެ. pic.twitter.com/ivj1jJYgwO
— Ibrahim Falah (@IbrahimFalahR) February 3, 2025
ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒަކީ އެހެން ރައީސުންނަށް ކުރަން ކެރިވަޑައިނުގެން ހުރި ކަންކަންކުރައްވާ ވެރިއެއް ކަމަށެވެ. އެގޮތުން އެމަނިކުފާނަކީ ސިޔާސީ ޕާޓީތަކުގެ ތެރެއިން މަނީ ލޯންޑަރ ކުރައްވަން ވެސް ކެރިވަޑައިގެންނެވި ހަމައެކަނި ރައީސް ކަމަށް ޔާމީން ވިދާޅުވިއެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ފަލާހް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒަކީ މި ގައުމު ދުށް އެންމެ އަމާނާތްތެރި ރައީސް ކަމަށެވެ. އަދި ޔާމީނަކީ މިފަހުގެ ތާރީހުގައި މި ގައުމު ދުށް އެންމެ މަކަރުވެރި، ހިޔާނާތްތެރިޔާ ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.
“ކުރެއްވި ކަންކަން އޮއްބާލަން ނޫޅުއްވާ. އިންސާފު އަރާ ހަމަ ކުރާނެ،” ފަލާހު ވިދާޅުވިއެވެ. ފަލާހު މިހެން ވިދާޅުވި އިރު، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ޔާމީންގެ މައްޗަށް ވަނީ އެކިއެކި ދައުވާތައް އުފުލައިފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
