
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
އަމާޒަކީ މިއަހަރު އިންޑިޔާއިން ރާއްޖެއަށް 3 ލައްކަ ފަތުރުވެރިން ގެނައުން ކަމަށް މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއިން ވިދާޅުވެއްޖެއެވެ.
2019 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އިންޑިއާ އިން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު، އިތުރުވަމުން އައިސް، 2020ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެތެރޭގައި ހިމެނޭ ޤައުމެކެވެ. އެގޮތުން އެގައުމުން 2020 ވަނަ އަހަރު 62،690 ފަތުރުވެރިން ޒިޔާރަތްކުރިއިރު 2021 ވަނަ އަހަރު 291،787 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މި އަދަދު މި ފާއިތުވީ 3 އަހަރުވެސް ވަނީ ދަށްވެފައެެވެ. އެގޮތުން 2022 ވަނަ އަހަރު އިންޑިއާއިން 241،361 ފަތުރުވެރިން އައިސްފައިވާއިރު، 2023 ވަނަ އަހަރު އިންޑިއާއިން އައިސްފައިވަނީ 209،100 ފަތުރުވެރިންނެވެ. އަދި މި ނިމުނު 2024 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް އައިސްފައިވަނީ 130,328 ފަތުރުވެރިންނެވެ.
އިންޑިއާއިން މިއަހަރުތެރޭ 3 ލައްކަ ފަތުރުވެރިން ގެނައުމަށް އެމްއެމްޕީއާރުސީއިން އަމާޒު ހިފާފައިވާއިރު އެޤައުމުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. އެމްއެމްޕީއާރުސީއިން ވިދާޅުވީ އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު މާކެޓެއްކަމަށެވެ. އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކުގެތެރޭގައި ސަމަރ ކެމްޕެއިނާއި، އިންޑިއާގެ ބޮޑެތި އެއަރލައިންތަކާއެކު ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ އިތުރުން ނަން މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާއެކު ޕާޓްނަރޝިޕްތައް ޤާއިމުކުރުން ހިމެނޭކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޖޭ ޑަބްލިއު މޯލްޑިވްސް)
ދިވެހިރާއްޖެއަށް އިންޑިއާގެ ފަތުރުވެރިން ޒިޔާރަތްކުރުން އިތުރުވަމުންދާއިރު، އެމްއެމްޕީއާރުސީއިން ދަނީ އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ މިންވަރު ދެމެހެއްޓުމަށްޓަކައި، ޚާއްޞަ ތަޖުރިބާތަކެއް ފަރުމާކުރުމަށާއި އެކިއެކި ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުންނެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ވަނީ 10,518 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި އެޤައުމަކީ މިހާރު ރާއްޖެއަށް 6 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
