
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސިޔާސީ ވާދަވެރިންގެ ދައްކާ ވާހަކަ އަޑުއެހުމުގެ ޤާބިލުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގައި ހުންނާނެ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ދެއްކެވި ވާހަކަފުޅުގައި ޝުޖާޢު ވިދާޅުވީ ރައީސް މުޢިއްޒަކީ އިދިކޮޅު ފަރާތްތަކުގެ އަޑު އައްސަވާ ވެރިއެއްކަމަށާއި އެ ޤާބިލުކަން ހުރި ބޭފުޅެއް ކަމަށެވެ. “އަޅުގަނޑުމެންގެ ރައީސުލްޖުމުހޫރިއްޔާ އެ ގަޓުވެސް ހުރޭ، އެ ހިތްވަރު ވެސް އެބަހުރި، އަދި ވާދަވެރިން ދައްކާ ވާހަކަ އަޑުއެހުމުގެ ޤާބިލްކަން ވެސް އެމަނިކުފާނުގެ އެބަހުރި، އަދި އަޑުއައްސަވާފައި ކަމެއް ބަދަލުކުރަން ޖެހިއްޖެ ކަަމަށް ވަންޏާ އެ ބަދަލެއް ގެނައުމުގެ ހިތްވަރު ވެސް މިއަދުގެ ރައީސުލްޖުމުހޫރިއްޔާގެ އެބަހުރި،” ޝުޖާޢު ވިދާޅުވިއެވެ،
ޝުޖާޢު ވިދާޅުވީ ޕީއެންސީއަކީ މަލްޓިޕާޓީ ސިސްޓަމެއްގައި ވާދަވެރި ފަރާތްތަކުގެ އަޑުއަހާ ޕާޓީއެއް ކަމަށެވެ. އެމްޑީޕީގެ ވެރިކަމާ މި ސަރުކާރާ އަޅާކިޔައި، ޝުޖާޢު ފާހަގަކުރެއްވީ އެމްޑީޕީ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުގެ އަޑު އެހުމަށް ފަހަތަށް ޖެހުނު ކަމަށެވެ. އަދި ރައްޔިތުންގެ ހައްޤުގައި ކަމަށް ބުނެ މިއަދު އެމްޑީޕީން ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީން ދާދިފަހުން ބޭއްވި މުޒާހަރާއާ ގުޅޭގޮތުން ޝުޖާޢު ވިދާޅުވީ، އެ މުޒާހަރާގައި ހުށަހެޅި 23 ކަމުގެ ތެރެއިން ގިނަ ކަންކަމަކީ މިހާރުވެސް ސަރުކާރުން ކުރަމުންދާ ކަންކަން ކަމަށެވެ.
“ބައްލަވާ ދެއްކި އެއްވެސް ވާހަކަ އެއް ނެތް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސަރުކާރުގެ ވެރިން މަޖިލީހަށް ގެނެސްގެން ހައްލު ކުރަންޖެހޭ އެއްވެސް ކަމެއް ނެތް، ހުރިހާ ކަމަކީ ވެސް ކުރެވެމުންދާ ކަންތައްތައް. އާސަންދަ އަށް ބެލިކަމުގައި ވިޔަސް އެ ނޫން ކަންކަން ވެސް،” ޝުޖާޢު ވިދާޅުވިއެވެ. ޝުޖާއު އިތުރަށް ވިދާޅުވި ގޮތުގައި މިއަހަރަކީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ގެންނަން އަމަލީ ގޮތުން މަސައްކަތްތައް ފެށިގެންދާ އަހަރެކެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ރައީސް ޑރ. މުއިއްޒުގެ ސްޕީޑުގައި މިއަހަރު ފެށިގެންދާނެ ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ފެށިގެންދާއިރު ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ދިނުމަށް ޝުޖާއު ގޮވާލެއްވިއެވެ.
ރައީސް މުއިއްޒަކީ ރައްޔިތުންނާއި ގާތުން ހިދުމަތް ކުރައްވާ ވެރިއެއް ކަމަށާއި އެގޮތުން ފާއިތުވި އަހަރެއްހާ ދުވަސްތެރޭ ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ރަށަކަށް ރައީސް ވަޑައިގެންފައިވާ އިރު، މިއީ މީގެކުރިން އެއްވެސް ރައީސަކަށް ކުރެވިފައި އޮތް ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
