
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި އަހަރު ނިމެންވާ އިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދޭން ފެށޭ ވަރު ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހއ. ދިއްދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުނި މެނޭޖް ކުރުމަކީ ހުރިހާ ރަށެއްގައި ހިނގަން ޖެހޭ އަސާސީ ކަމެއް ކަމަށެވެ.
ދިއްދޫގައި ވެމްކޯގެ ހިދުމަތް ފެށުމަށްޓަކައި އެ ކުންފުނީގެ އޮފީސް ގާއިމުކުރެވި، މުވައްޒަފުން ވެސް ނަގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ރަމަޟާން މަސް ފެށެން ވާއިރަށް ދިއްދޫގައި ވެމްކޯގެ ހިދުމަތް ފެށުމަށް ހަމަޖައްސަން ޖެހޭ ހުރިހާ ކަމެއް ހަމަޖެއްސެވުމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. “އެ ދެ ބޭފުޅުން ޔަގީންކަން ދެއްވި އެ ކަންތައް. އެހެންވީމަ ބައްލަވާ އިރާދަކުރެއްވިއްޔާ ދެން މިއޮތީ ވަރަށް ކުޑަ ދުވަސްކޮޅެއް. އެހެންވީމަ ރަމަޟާން މަސް ފެށެން ވާއިރަށް ވެމްކޯގެ ހިދުމަތް އަދި އެއަށް ވުރެ ވެސް އަވަސް ވާނެ ކަމަށް އެބޭފުޅުން އެބަ ވިދާޅުވޭ. އެހެންވީމަ އަޅުގަނޑު މި ބަލަނީ އެންމެ ލަސްވެގެން ފެބްރުއަރީ މަހުގައި ފެށޭނެ ކަމަށް،” ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި އަހަރު ނިމެންވާ އިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖް ކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން އެކިއެކި ރަށްރަށުގައި އެޅިގެން ދާނީ އެކި ސައިޒްގެ ސެންޓަރުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. “500 އަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ރަށުގައި (ސެންޓަރު) ކުޑަވާނެ. އެހެންވީމަ މި ހުރިހާ ރަށެއް ހިމެނޭ ހެން މި އަހަރު ނިމެންވާ އިރަށް ރާއްޖޭގައި ކުނި މެނޭޖް ކުރުމުގެ ހިދުމަތް ފެށިގެންދާނެ،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ވެމްކޯގެ ހިދުމަތް ގާއިމު ކުރެވިގެންދާނީ ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތަކާއި ވެމްކޯގެ ބިޒްނަސް ޕްލޭންގެ ދަށުން ކަނޑައަޅާ ރަށްތަކުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
