
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ފަސޭހައިން ބޭރު ފައިސާ މާރުކުރެވޭނެ އޮންލައިން ޕްލެޓްފޯމެއް ތަޢާރަފްކޮށްފިއެވެ. ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ މި އައު ޚިދުމަތް ތަޢާރަފްކޮށްފައިވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނު (32/2024) އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކަރަންސީ ރެގިއުލޭޝަން (2024/R-91) އާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މި އައު ޕްލެޓްފޯމް މެދުވެރިކޮށް ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކާއި އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުމުގެ ކަންކަން ފަސޭހަކޮށްދިނުން ކަމުގައި ބީއެމްއެލުން ވިދާޅުވިއެވެ. ބީއެމްއެލް އިން ހާމަ ކުރި ގޮތުގައި މި އައު ޕްލެޓްފޯމްގެ ޒަރީޢާއިން، ވިޔަފާރިތަކަށް ގާނޫނާއި ގަވާއިދުގެ ދަށުން މާރުކުރަން ޖެހޭ (މެންޑޭޓަރީ އެކްސްޗޭންޖް) ހުރިހާ މުޢާމަލާތެއް ފަސޭހަކަމާއެކު ޓްރެކްކޮށް ރިވިއު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި މުޢާމަލާތްތަކުގެ ތަފްސީލު އެކްޓިވިޓީ ރިޕޯޓުން ފެންނަން ހުންނާނެއެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްލެޓްފޯމު މެދުވެރިކޮށް ބޭންކަށް ޑޮލަރު މާރުކުރާނީ (ބޭންކުން ޑޮލަރު ގަތުން) 15.42 ރުފިޔާގެ ރޭޓުންނެވެ. މިއީ ބޭންކުން ޑޮލަރު ވިއްކާ އަގެވެ. މި އައު ޚިދުމަތް ތަޢާރަފްކުރުމާ ގުޅިގެން، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ބޭރު ފައިސާ މާރުކުރުމުގެ އިޖުރާއަތުތައް އިތުރަށް ހަރުދަނާވެ، ފަސޭހަވެގެންދާނެކަމަށް އެ ބޭންކުން ވިދާޅުވިއެވެ. މީގެ އިތުރުން، މި ޚިދުމަތުގެ ސަބަބުން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދިއުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ބީއެމްއެލްގެ މި އައު ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބޭންކުން މަޢުލޫމާތު ދެއްވާފައިވެއެވެ. ވިޔަފާރިތަކަށް މި ޚިދުމަތް ބޭނުންކުރުމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ބޭންކުގެ ކަސްޓަމަރ ސަރވިސް ޑެސްކަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
