
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސަރުކާރުން ހއ. މުރައިދޫއަށް ކޮށްދޭން ޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރި ކަމަށާއި ނަމަވެސް އެންމެ އިސްކަމެއް ދޭ ތަރުތީބަށް ބަލާއިރު، ބަނދަރުގެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށާއި މުރައިދޫގެ ބަނދަރަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހއ. މުރައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ކުރިން ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ވެސް ބަނދަރުގެ މަސައްކަތްތައް އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށާއި މިދިޔަ ސަރުކާރުން ވެސް އާ މަޝްރޫއެއް ބަނދަރު ރަނގަޅު ކުރުމަށް ފެށި ކަމަށެވެ. ނަމަވެސް މިއިން އެއްވެސް އިރަކު މުރައިދޫގެ ބަނދަރުގެ މައްސަލަ ހައްލުވެފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
“އެހެން އަބަދު ރައްޔިތުން މިކަމުގަ ތަކުލީފު އުފުލަން ޖެހި، ފުރާނައަށް ގެއްލުން ވެގެން ދިއުމަކީ އިންސާފެއް ނޫން. އެހެން ކަމުން އިރާދަކުރެއްވިއްޔާ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ބޭރު ތޮށީގެ މައްސަލަ އިރާދަކުރެއްވިއްޔާ، މިރަށުގެ އެމްޓީސީސީ މިއޮތީ މަސައްކަތަށް މޮބިލައިޒް ކުރެވިފައި. އެމްޓީސީސީ މިރަށުން ފައިބާނީ ތިބޭފުޅުން އެދިލައްވާ ގޮތަށް ބަދަރުގެ ބޭރު ތޮށި ހަދާދީފައި.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ، ބަނދަރުގެ މައްސަލަ ހައްލުކުރަން ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި ނަމަވެސް ތަރުތީބަކުން ދާ ކަމަށްވާނަމަ، ބަނދަރުގެ މަސައްކަތަށްފަހު، މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ވާނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެރަށަށް ވަޑައިގެން މަގު ހައްދަވައި ދެއްވާނެ ކަމުގެ ވައުދުވެވަޑައިގެންފައި ކަމަށެވެ. އަދި މިހާރު ރަށުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލު ކުރެވިފައިވާ ކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“މިރަށުގެ އަޅުގަނޑު ރިޔާސީ އިންތިހާބުގައިވި ވައުދު، މަގު ހެދުމުގެ މަސައްކަތް މިދައުރު ތެރޭގައި ހަމަ ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ދެން،” ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ރައީސް ވިދާޅުވީ، މިކަންކަމަކީ ބޮޑެތި ހަރަދުތައް ދާނެ ކަންކަން ކަމަށާއި އޭގެ ފަހުން އަންނަނީ ކުދި ކުދި ހަރަދުތައް ހިނގާނެ ކަންކަން ކަމަށެވެ. އެހެން ކަމުން ރަށުގެ އާބާދީއަށް ވިސްނައި، ރަށަށް ބޭނުންވާ ކަންކަން މި ދައުރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
