
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އިންޑިއާ އިން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތުގެ ދަށުން ރާއްޖެއަށް ހާއްސަ މަގާމެއް ދީފައިވާ ކަމަށާއި އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަކީ އެންމެ އިސްކަން ދޭ އެއް ގައުމު ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ ބަލަސުބްރަމާނިއަން ރޭ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ހަފްލާގައި އިންޑިއާ ސަފީރު ވިދާޅުވީ ރާއްޖެއަކީ އިންޑިއާ އިން ގެންގުޅެމުން އަންނަ “ނެއިބަހުޑް ފަސްޓް ޕޮލިސީ” އާއި ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (ސާގަރް)ގެ ދަށުން ވަރަށް މުހިންމު ގައުމެއް ކަމަށެވެ. ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް މި އަހަރު 60 އަހަރު ފުރޭއިރު، އެކަން ކުލަގަދަކޮށް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްްސް: ވަގުތު)
ބަލަސުބްރަމާނިއަން ވިދާޅުވީ މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަތުމަށް ނިންމަވައި އެމަނިކުފާނަށް މަރުހަބާ ކިޔުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި އަހަރުގެ ކުރީކޮޅު ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ހަލީލް ރަސްމީ ދަތުރެއްގައި އިންޑިއާއަށް ވަޑައިގެންނެވި އިރު، ދެ ބޭފުޅުންނަކީ މި އަހަރު އެންމެ ފުރަތަމަ އިންޑިއާ އަށް ވަޑައިގެންނެވި ވަޒީރުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމުން ވެސް އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ މުހިންމު ކަން ވަނީ ފާހަގަވެގެން ގޮސްފައެވެ.
އިންޑިއާ ސަފީރު ވިދާޅުވީ ރާއްޖެ އިން ކޮންމެހެން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އިންޑިއާގެ އެހީގައި ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން ތިލަމާލެ ބްރިޖުގެ މަޝްރޫއު ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ އިރު، އެ މަޝްރޫއު ނިމުމުން އެއީ ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުމުގެ ރަމްޒަކަށް ވާނެ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވެސް ކުރިއަރައިގެން ދާނެ ކަމުގައި އިންޑިއާ ސަފީރު ވިދާޅުވިއެވެ.
“އަޅުގަނޑުމެން ބޭނުން ވަނީ ހަނިމާދޫ އަދި ގަން އެއާޕޯޓުގެ މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް ގެންގޮސް ނިންމާލައި ރާއްޖެ އާއި އިންޑިއާގެ 60 އަހަރުވީ ގުޅުން ފާހަގަ ކުރަމުންދާ އިރު، އެ ތަންތަން އިފްތިތާހު ކުރަން،” ސަފީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ބަލަސުބްރަމާނިއަން ވިދާޅުވީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން އިންޑިއާ އިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާނެ ކަމަށެވެ. ހަމައެއާއެކު، ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތަކާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަކީ އިންޑިއާ އިން އިސްކަންދޭ ކަންކަމުގައި އިންޑިއާ ސަފީރު ވިދާޅުވިއެވެ.
“މިދިޔަ ފަސް އަހަރު އެކަނި ވެސް 5،000 އަށް ވުރެ ގިނަ ދިވެހިން ވަނީ އިންޑިއާގައި ތަމްރީން ދެވިފައި ހައި ޓެކް ޕްރޮގްރާމް އަދި ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތަކުގެ ދަށުން. އަޅުގަނޑުމެން ބޭނުން ވަނީ ކާމިޔާބީތަކާއެކުގައި ކުރިއަށް ގޮސް، އިތުރު ހަރުފަތަކަށް މިކަން ގެންދަން،” ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ގިނަ ވަޒީރުންނާއީ އިދިކޮޅު އެމްޑީޕީގެ ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ހަފްލާގައި އިންޑިއާ ސަފީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
