
ދިފާއީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އިންޑިއާ އާއި ރާއްޖެއާ ދެމެދު މަޝްވަރާތަކެއް ކޮށްފިއެވެ. މި މަޝްވަރާތައް ކޮށްފައި ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ ބަލަސުބްރަމާނިއަން، ދިފާއީ ވަޒީރު ޣައްސާން މައުމޫންގެ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ. މި ޒިޔާރަތަށް ފަހު ދިފާއީ ވުޒާރައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ދެ ގައުމުގެ ދެމެދުގައި ދިފާއީ ދާއިރާއިން ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ކަމަށެވެ.
ޣައްސާން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެގައުމުގެ ދިފާއީ ވަަޒީރު، ޝްރީ ރަޖްނަތު ސިންގ އާއެކު ބޭއްވި ބައްދަލުވުމުގައިވެސް މި މަޝްވަރާތައް ކޮށްފައި ވެއެވެ. ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ދިފާއީ ގޮތުން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަަށް ޚާއްސަކޮށް އަލިއަޅުވައިގެން މަޝްވަރާތައް ބައްޓަންކޮށްފައިވެއެވެ.
އިންޑިއާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުއްވީ މި މަހުގެ ހަ ވަނަ ދުވަހެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
