
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަމުންދާ ތަން ފެނިވަޑައިގަންނަވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ދ އަތޮޅު ކައުންސިލަށް ދެ ފަޅުރަށް، އިނގުރައިދޫ ކައުންސިލަށް ފަޅު ރަށަކާއި އަދި މާވަށު ކައުންސިލަށް ފަޅު ރަށެއް ހަވާލުކުރުމަށް މިއަދު ހެދުނު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒިރު އާދަމް ޝަރީފު ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަމުންދާ މަންޒަރު ފެނިވަޑައިގަންނަވަމުންދާ ކަމަށާއި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ރައީސް ނިންމީ ފަޅުރަށްތައް ކައުންސިލްތަކަށް ދޫކުރެވޭނެ ނިޒާމެއް ޤާއިމުކޮށް އުސޫލުތަކެއް ކަނޑައެޅުމަށް ކަމަށެވެ.
“މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާތަން. އެ މަންޒަރު، އެ ހެކި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ.” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެ އުސޫލުގެ ތެރެއިން ދ އަތޮޅު ކައުންސިލަށް ދެ ފަޅުރަށް، އިނގުރައިދޫ ކައުންސިލަށް ފަޅު ރަށަކާއި އަދި މާވަށު ކައުންސިލަށް ފަޅު ރަށެއް ދޫކުރީ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މިއީ ލާމަރުކަޒީ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވަޑައިގަންނަވަނީ ގިނަ ގޮންޖެހުންތަކާއެކުވެސް އެމަނިކުފާނު ވެވަޑައިގަތް ވައުދުތައް ފުއްދައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވަމުންނެވެ.
“މީގެކުރިން ކައުންސިލަކަށް ނުވަތަ އޮފީހަކަށް މިކަހަލަ ވަސީލަތެއް ހޯދައިދިނުމުގެ ނިޒާމުތަކެއް، އުސޫލުތަކެއް އެކަށައެޅިފައެއް ނެތް. އެހެންނަމަވެސް ވަރަށް ގިނަ ތަފާތު ގޮންޖެހުންތަކާއެކުވެސް އުސޫލުތަކެއް ޤާއިމުކުރައްވައި އެކަންކަން ކުރިޔަށް ގެންދެވޭނެ އުސޫލެއް ނިންމަވައިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތް މިއީ އަޅުގަނޑުމެން އެންމެންވެސް ޤާބޫލުކުރާނެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އެމަނިކުފާނު ކުރެއްވި ވަރަށް ބުރަ އަދި މިންނެތް މަސައްކަތްޕުޅުތަކެއް.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ 28 ފަޅުރަށެއް ކައުންސިލްތަކަށް ދޫކުރުމަށް ހުޅުވާފައިވާ ކަމަށާއި ފަޅުރަށްތައް ބޭނުންވާ ކައުންސިލްތަކުން އެކަމަށް އެދި ހުށަހަޅަމުންދާ ކަމަށެވެ. އެހެންކަމުން 5 ރަށެއް ހޯދުމަށް 3 ކައުންސިލަކުން ހުށަހަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުން ކުރިޔަށް ގެންދާ މި މަސައްކަތަށް އެއްބާރުލުންދީ ފަޅު ރަށްތައް އެންމެ ފުރަތަމަ ހޯދި 3 ކައުންސިލަށް އާދަމް ޝަރީފު ވަނީ މަރުހަބާ ދަންނަވާފައެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ހަތަރު ސިޔާސަތެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން ވަޒިރު ވިދާޅުވީ އޭގެތެރެއިން އެންމެ މުހިންމު އެއް ސިޔާސަތަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުން ކަމަށެވެ. އަދި ރަށްވެހި ޚިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާކޮށް ކައުންސިލްތަކަކީ ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހާމަކަން ބޮޑު ގޮތެއްގައި ހިންގާ މުވައްސަސާތަކަށް ހެދުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށް އާދަމް ޝަރީފު ވަނީ ވިދާޅުވެފައެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިންގެ އިތުރުން މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރުވެސް ވަނީ ބަިއވެރިވެވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
