
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބޭތީ ފެނަކައިގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އަޒާން ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލުނުލިބި ދިގުލައިގެން ދިއުމުގައި ފެނަކައިގެ އިސްވެރިންގެ އިހުމާލާއި ފަރުވާކުޑަކަށް އޮތްކަމަށް ދެކޭ ކަމަށެވެ. ފެނަކަ އައްޑޫ އޮފީހުގައި މަސައްކަތް ކުރައްވާ ސީނިއާ މުވައްޒަފުން މައުލޫމާތު ދީފައިވާ ގޮތުގައި އައްޑޫގައި ހިންގާ އިންޖީނުގެއަށް ބޭނުންވާ ބައެއް ސްޕެއާތަކަށް ހެޑް އޮފީހުން ރިކުއެސްޓްކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ނުލިބޭ ސްޕެއާ އެބަހުރި ކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި އައްޑޫ އޮފީހުގެ މުވައްޒަފުން އިތުރަށް މައުލޫމާތު ދީފައިވާ ގޮތުގައި އައްޑޫގައި ފެނަކައިން ހިންގާ އިންޖީނުގޭގައި މި ވަގުތު ހުރި 17 އިންޖީނުގެ ތެރެއިން މަސައްކަތް ކުރަނީ 13 އިންޖީން ކަމަށެވެ. ހަަތަރު އިންޖީނަށް މައްސަލައެއް ދިމާވެފައިވާއިރު އޭގެ ތެރެއިން އެންމެ އިންޖީނެއް ފިޔަވައި ދެން ހުރި ތިން އިންޖީނު ހުރީ މަރާމާތު ނުކުރެވޭ ހާލަތުގައި ކަމަށް ސިޓީގައިވެއެވެ.
އިންޖީނުތަކަށް މައްސަލަ ދިމާވާ މައިގަނޑު ސަބަބެއް ގޮތުގައި މުވައްޒަފުން ފާހަގަކުރައްވަނީ ސްޕެއާ ހޯދުމަށް ރިއުއެސްޓްކުރާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާއިރު ވެސް ސްޕެއާތައް ނުލިބި އިންޖީނުތަކުގެ މެއިންޓެނަންސް އަދި މަރާމާތުގެ މަސައްކަތް ނުކުރެވުން ކަމަށް އަޒާން ވަނީ ވިދާޅުވެފައިވެއެވެ. “އައްޑޫ ސިޓީގެ އަވަށްތަކުގައި ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެންދާތީ އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އައްޑޫގައި ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ ފެނަކަ ކޯޕަރޭޝަނަށް ބާރު އެޅުމުގެ ގޮތުން މި މަހުގެ 14 ވަނަ ދުވަހު އައްޑޫ ސިޓީ ތަމްސީލްކުރާ މަޖިލީހުގެ ބައެއް މެންބަރުންނާއިއެކު ފެނަކައިގެން އިސްވެރިންނާއި ބައްދަލުކުރިން. އެ ބައްދަލުވުމުގައި ވެސް އައްޑޫ އިންޖީނުގެއަށް ބޭނުންވާ ސްޕެއާތައް ނުލިބި ލަސްވާ މައްސަލައާއި ގުޅޭގޮތުން ޝަކުވާކުރިން. ފެނަކައިން ވިދާޅުވީ އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސްޕެއާތައް ހަތް ދުވަހުގެ ތެރޭގައި އައްޑޫއަށް ފޮނުވާނެ ކަމަށް. ނަމަވެސް 26 ޖެނުއަރީގައި ފެނަކަ މުވައްޒަފުންނާއި ބައްދަލުކޮށް ސުވާލުކުރުމަށް ވިދާޅުވީ ސްޕެއާއެއް ފޮނުވާފައި ނުވާ ކަމަށް.” އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު އައްޑޫގައި ކަރަންޓު ބޭނުންކުރާނެ މިންވަރު އިތުރުވާނެ ކަމަށް ފެނަކައިން ލަފާކުރާއިރު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަށް އިތުރު ހަތަރު މެގާވޯޓް އިތުރުނުކުރެވޭނަމަ ރޯދަ މަހުގެ ތެރޭގައި ވެސް އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުނުކުރެވޭނެކަމަށް ފެނަކަ މުވައްޒަފުން މައުލޫމާތުދޭ ކަމަށެވެ. އިންޖީނުގޭގައި ހުރި އިންޖީނުތަކަށް ބޭނުންވާ ތެލާއި ބޭނުންވާ ކޭބަލް އަދި ސްޕާތައް ހޯދުމަށް ރިކުއެސްޓް ކުރުމުން ގިނަ ދުވަސްތައް ފާއިތުވާއިރު ވެސް އެތަކެތި ނުލިބުމަކީ ގޮންޖެހުމެއް ކަމަށް ވިދާޅުވެފައިވެއެވެ.
“ކަރަންޓުގެ މައްސަލައަކީ އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ތަކުލީފަކަށްވެފައިވާއިރު ފެނަކައިގެ އިސްވެރިންގެ ފަރާތުން ފެންނަމުންދާ ފަރުވާކުޑަކަމާއި އިހުމާލުވުންތަކަށް ބަލާއިރު ކަރަންޓު މައްސަލަ ހައްލެއް ހޯދުމާއި ދިމާލަށް ފެނަކައިން މަސައްކަތް ކުރާތަން ނުފެނޭ. އައްޑޫގެ އިންޖީނުގޭގެ ހާލަތު ހުރި ގޮތުން އައްޑޫއިން ކަރަންޓު ނުކެނޑޭ ދުވަހެއް މަދު. މިއީ ހިތަދޫ މެދު ދާއިރާއިގެ ރައްޔިތުންނާއި މުޅި އައްޑޫ ރައްޔިތުން ކަންބޮޑުވާކަމެއް.”އަޒާން ވިދާޅުވެފައިވެއެވެ.
ސިޓީގައި އަޒާން ވިދާޅުވީ އެހެންކަމުން ފެނަކައިގެން އިސްވެރިންނާއި ބައެއް ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޮންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ހާޒިރުކޮށްދެއްވައި އައްޑޫ އިންޖީނުގެއަށް ބޭނުންވާ ސްޕެއާ އަދި އެހެން ސާމާނު ފޮނުވުމުގައި ލަސްވާ ސަބަބުން ސާފުކޮށްދެއްވުން އެދޭ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
