
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ތިން ރަށެއްގެ ކައުންސިލް ތަކުން އެދިފައިވާ ފަޅުރަށްތައް އެ ކައުންސިލާއި ހަވާލުކޮށްފިއެވެ. މިއަދު ހެދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަޅުރަށްތައް ހަވާލުކޮށްފަިއވަނީ ދ އަތޮޅު ކައުންސިލް، ރ. އިނގުރައިދޫ ކައުންސިލް އަދި ލ.މާވަށު ކައުންސިލާއެވެ. މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިންއާއު މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށްޓަކައި ފަޅު ރަށްތައް ކައުންސިލްތަކާ ހަވާލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެންކަމުން ފަޅުރަށްތައް ހޯދުމަށް އެދިފައިވާ ތިން ކައުންސިލަކާ މިއަދު ވަނީ ރަށްތައް ހަވާލުކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި އެއްބަސްވުންތަކުގެ ތެރެއިން ދ އަތޮޅު ކައުންސިލަށް ހަވާލުކުރާ ފަޅުރަށުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު ޝާފިއު އެވެ. ރ. އިނގުރައިދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލުގެ ރައީސް މުހައްމަދު ޖަލީލު، އަދި ލ. މާވަށު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު މޫސާއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ އަހުމަދު މާޒިންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒިރު އާދަމް ޝަރީފު ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަމުންދާ މަންޒަރު ފެނިވަޑައިގަންނަވަމުންދާ ކަމަށާއި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ރައީސް ނިންމީ ފަޅުރަށްތައް ކައުންސިލްތަކަށް ދޫކުރެވޭނެ ނިޒާމެއް ޤާއިމުކޮށް އުސޫލުތަކެއް ކަނޑައެޅުމަށް ކަމަށެވެ.
“މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާތަން. އެ މަންޒަރު، އެ ހެކި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ.” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެ އުސޫލުގެ ތެރެއިން ދ އަތޮޅު ކައުންސިލަށް ދެ ފަޅުރަށް، އިނގުރައިދޫ ކައުންސިލަށް ފަޅު ރަށަކާއި އަދި މާވަށު ކައުންސިލަށް ފަޅު ރަށެއް ދޫކުރީ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މިއީ ލާމަރުކަޒީ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
