
އިންޑިއާއިން 12 ކިލޯ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު މައްސަލައެއް ފެންމަތިވެ، މިކަމުގެ ތަހުޤީގު ފުލުހުން ފަށައިފިއެވެ. އިންޑިއާގެ ޑިޕާޓްމަންޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) ގެ އޮފިޝަލުން ވަނީ ޓުޓިކޮރިން ސިޓީގައި ހަޝިޝް އެތެރެކުރަން އުޅުނު ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) ގެ ޒުވާނަކާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެ މީހުންގެ އަތުން 20 ކްރޯޑް ރުޕީސްގެ 12 ކިލޯގެ ހަޝިޝް އަތުލައިގަނެވުނެވެ.
ފުލުހުންގެ ސާވިސް ޑިވަލޮޕްމަންޓްގެ ވެރިއާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޝިފާން ވިދާޅުވީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އިންޑިއާގެ ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ. ޓުޓިކޮރިން އިން ކަނޑުމަގުން ހަޝިޝް ރާއްޖެ ގެނައުމަށް ދޯންޏެއްގައި މަސައްކަތް ކުރި ކަމުގެ ސިއްރު މައުލޫމާތެއް ޑީއާރުއައިއަށް ލިބުނު ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ މައްޗަށް ބިނާކޮށް ކުރީގެ ބަނދަރު ސަރަހައްދުގައި އޮފިޝަލުން ވަނީ މޮނިޓަރިން އިތުރުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން ސައިކަލެއްގައި ދިޔަ ދެ މީހަކު ހުއްޓުވައި، ވެހިކަލް ޗެކްކުރިއިރު އެމީހުންނާއެކު ހަ ބަންޑަލް ފެނިފައިވެއެވެ. އޭގައި ހުރީ ހަޝިޝްކަން އިންސްޕެކްޝަނުން އެނގުމުން އެމީހުން ހައްޔަރުކުރެވުނެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ޓުޓިކޮރިންގެ ފާތިމާ ނަގަރުން ޖެސުރާޖާ، 34، އާއި ސުތަކަރް، 33، އެވެ.
އިތުރު ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ މީހުން މަސްތުވާތަކެތި ގެންދިޔައީ ކުރީގެ ބަނދަރުން ރާއްޖޭގެ ވެރިރަށް މާލެ އަށް ދަތުރުކުރަން އުޅުނު ދޯންޏަކަށެވެ. އެ މީހުންގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް ހައްޔަރުކޮށްފައިވަނީ ޓުޓިކޮރިންގެ ޖޯޖް ރޯޑުން ދަތުރުކުރި ދޯންޏެއްގެ ފަޅުވެރިއެއް ކަމަށްވާ 56 އަހަރުގެ ކިންގްސްލީއެވެ. މީގެ އިތުރުން ސޮރިސްޕޫރަމްއަށް ނިސްބަތްވާ ސީއައިއެސްއެފްގެ މަރިމުތޫ (30) ހަޝިޝް ބަންޑަލްތަކާއެކު ސެކިއުރިޓީ ގޭޓުން ވަނުމަށް އެހީތެރިވިކަން ވެސް ފުލުހުންނަށް އެނގުނެވެ. މަރިމުއްތޫ ވެސް އަތުލައިގަތެވެ. މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ޓުޓިކޮރިން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
