
(ފޮޓޯ ކްރެޑިޓްސް: އޭސީސީ)
އެންޓި ކޮރަޕްޝަން ކޮމިޝަނާއި ގުޅޭގޮތުން ތިނަދޫ ސިޓީ ކައުންސިލުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ކައުންސިލަށް ގޮސް ލިޔެކިއުންތައް ހޯދީ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށް އޭސީސީއިން ވިދާޅުވެއްޖެއެވެ. ތިނަދޫ ސިޓީ ކައުންސިލުން މިއަދު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭސީސީގެ ނަމުގައި އައި ބަޔަކު ކައުންސިލް އިދާރާގެ ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި ހާދިސާއާ ގުޅިގެން ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދުކެނޑިފައިވާ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
އެ މައްސަލައާއި ގުޅިގެން އޭސީސީއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ތިނަދޫ ކައުންސިލާއި ގުޅޭގޮތުން އޭސީސީއިން ތަހުގީގުކުރަމުންދާ މައްސަލަތަކާއި ގުޅިގެން އިއްޔެ ވަނީ އެ ކޮމިޝަންގެ ޓީމެއް ތިނަދޫ ސިޓީ ކައުންސިލްގައި ހަރަކާތްތެރިވެފައި ކަމަށެވެ. އެގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅޭގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދުމުގެ މަސައްކަތްވަނީކޮށްފައިވީ ނަމަވެސް އެކަމުގައި ކައުންސިލްގެ ފުރިހަަމަ އެއްބާރުލުން ކޮމިޝަނަށް ލިބިފައިނުވާކަން އޭސީސީއިން ފާހަގަކުރެ އެވެ.
” ގާނޫނު އަސާސީއާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ދަށުން އަދި މި ކޮމިޝަންގެ ގާނޫނީ އިމުގެ ތެރެއިން އެންމެހާ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު އޭސީސީއިން ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ވަނީ ހޯދާފައި.” އޭސީސީއިން ވިދާޅުވެއެވެ. އޭސީސީއިން ވިދާޅުވީ އެކަމާއި ގުޅޭގޮތުން ކައުންސިލުން ހާލަކޮށްފައިވާ މައުލޫމާތަކީ ދޮގު ވާހަތަކެއް ކަމަށެވެ، އަދި އޭސީސީއާއި ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާ ހިލާފު މައުލޫމާތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެކަމާއި މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
