
ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމުގައި އިންޑިއާއަކީ ރާއްޖެއަށް ނަމޫނާ ގައުމެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރަށް، މިނިސްޓަރު ހަލީލް ފޮނުއްވި މެސެޖުގައި ވިދާޅުވީ ޖުމްހޫރި ދުވަހުގެ ތަހުނިޔާއާއި ތަހުނިޔާ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިންޑިއާގެ ސަރުކާރަށާއި، ރައްޔިތުންނަށް، އަރިސްކުރާ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން އިންޑިއާ ވެގެންދަނީ މުޅި ދުނިޔެއަށް ލިބޭ ހިތްވަރަކަށް ކަމަށާއި ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުން ކަމުގައި ހެދިދާނެ ގޮތުގެ ލާމަސީލު މިސާލު އިންޑިއާ އިން ދަނީ މުޅި ދުނިޔެއަށް ދައްކަމުން ކަމަށް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ. ” ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓެމާއި، ޑިމޮކްރެޓިކް މުއައްސަސާތައް ބިނާކޮށް ހަރުދަނާކުރުމަށްޓަކައި، އިންޑިޔާ ވެގެންދަނީ ރާއްޖެއަށް ނަމޫނާ ގައުމަކަށް.” މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަން ހާމަކޮށްދެނީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާ ދެމެދު ބަހައްޓަވާ ގާތްކަމާއި، ދެއްވާ އެހީތެރިކަމުން ކަމަށެވެ. އަދި ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރޮކޮށްދީފައިވަނީ އިންޑިއާކަމަށްވީ ހިނދު، އެކަމުންވެސް ޒަމާނުއްސުރެ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމަށެވެ. މިނިސްޓަރު ހަލީލް ވަނީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި އުފާވެރިކަމާއިއެކު ޖުމްހޫރީ ދުވަސް ފާހަގަ ކުރާ މުނާސަބަތުގައި، އިންޑިއާގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި، ކުރިއެރުމާއި، ފާގަތިކަމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
