
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދެ ބޭފުޅަކު މިއަދު ހެނދުނު އައްޔަންކުރައްވާފައެވެ. އެ ކޮމިޝަނަށް ދެ މެމްބަރުން މި އައްޔަން ކުރަނީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަލީ ނަޝާތު އަދި މެންބަރުކަމުގައި ހުންނެވި މުހައްމަދު އާސިފް މަގާމުން ވަކިކުރަން މިދިޔަ ނޮވެމްބަރު މަހު 25ގައި މަޖިލީހުން ފާސްކުރުމުންނެވެ. އެ ދެބޭފުޅުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، މަޖިލީހުން ވަނީ އެ މެންބަރުން މަގާމުން ވަކިކޮށްފައެވެ. އީސީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަން ކުރއްވި ދެ ބޭފުޅުންނަކީ މުޙައްމަދު ޒާހިދު (ދަފްތަރު ނަންބަރު ރސ 1548) އާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު (ކ. ހުރާ / ރޯޒް) އެވެ.
އެކަމާ ގުޅިގެން ކޮމިޝަނަށް އަލަށް އައްޔަންކުރެއްވި މެމްބަރުންނަށް މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މެންބަރުކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، އައު މެންބަރުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގައި ބާއްވާ އިންތިޚާބުތަކާއި ޢާންމު ވޯޓުތައް ހިންގައި ބެލެހެއްޓުމެވެ.
ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވުމާއި، ދެ މެންބަރަކު މަގާމުން ވަކިކުރުމާ ގުޅިގެން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަންގައި މިއަދާ ހަމަޔަށް ތިބީ ތިން މެންބަރުންނެވެ. ގާނޫނުއަސާސީގައިވާ ގޮތުން، ކޮމިޝަންގެ ބައްދަލުވުންތައް ބޭއްވޭނީ ތިން މެންބަރުން ހާޒިރުވެގެންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
