
އެސްޖޭ މިސްކިތްތަކާ ގުޅޭ ލިޔެކިޔުންތައް ހާމަކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މި މައްސަލަ ކުރިމަތިވީ އެސްޖޭ ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އަޅަމުންދާ މިސްކިތުގެ ޤިބުލަ ޖެހުމާ ގުޅޭގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ހާމަކުރެއްވި މަޢުލޫމާތަކާ ގުޅިގެންނެވެ. ޑރ. ޒާހިރު ވިދާޅުވެފައިވަނީ އެސްޖޭއިން 23 މާރިޗު 2022 ގައި ޤިބުލަ ފާހަގަކުރުމަށް އެދި ސިޓީ ފޮނުވި ކަމަށާއި، މިނިސްޓްރީން 11 އޭޕްރީލް 2022 ގައި ޤިބުލަ ޖަހައިދިން ކަމަށް އެސްޖޭއަށް އެންގި ކަމަށެވެ. އަދި މިކަމާ ގުޅޭ ލިޔެކިޔުންތައް މިނިސްޓްރީގައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މަޢުލޫމާތާއި ގުޅިގެން އާންމު ފަރާތަކުން ލިޔެކިޔުންތައް ހާމަކުރުމަށް ގޮވާލުމުން، ވަޒީރު ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މިނިސްޓްރީގެ ކަމާބެހޭ ސެކްޝަންތަކާ މަޝްވަރާކުރުމަށްފަހު، އެގޮތަށް އެކަން ކުރެވެން އޮތްނަމަ، އެސްޖޭ މިސްކިތްތަކާ ގުޅޭ ލިޔެކިޔުންތައް ހާމަކުރާނެ ކަމަށެވެ.
“ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އާއި މިނިސްޓްރީގެ ކަމާއި ބެހޭ ސެކްޝަންތަކާ މަޝްވަރާ ކުރުމަށްފަހު އެގޮތަށް އެކަން ކުރެވެން އޮތް ނަމަ އެސްޖޭ މިސްކިތާއި ގުޅޭ ގޮތުން ހާމަކުރެވެން ހުރި އެންމެހާ ލިޔެކިޔުންތައް ހާމަކުރާނެ ވާހަކަ ދަންނަވަން.” ވަޒިރު ވިދާޅުވިއެވެ.
މާލޭ މަޖީދީ މަގަށްވާ ގޮތަށް ހުންނަ ޒިކުރާ މިސްކިތް ހުރި ބިމުގައި އައު މިސްކިތެއް އެޅުމަށް އެސްޖޭ އާ ހަވާލުކުރީ 24 ޖެނުއަރީ 2024 ގައެވެ. މި ކުންފުންނަކީ ކުރިންވެސް މި މަސައްކަތް ހަވާލުކުރި ކުންފުންޏެވެ. ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމުގެ މަޝްރޫޢު 2018 ވަނަ އަހަރު ފެށިގެން ދިޔައެވެ. މި މަޝްރޫޢު 130 މިލިއަން ރުފިޔާއަށް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 9 ޖުލައި 2018 ގައި އެސްޖޭއާ ހަވާލުކުރެވުނެވެ. ރައީސް ޔާމީންގެ ސަރުކާރުން މި މަޝްރޫޢުގެ އެކުއިޓީގެ ގޮތުގައި އެސްޖޭއަށް 30 މިލިއަން ރުފިޔާ ދޫކުރިއެވެ.
ނަމަވެސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވުމަށްފަހު، މި މަޝްރޫޢު ކުރިއަށް ނުގޮސްގެން އެއްބަސްވުން ބާޠިލުކުރެވުނެވެ. މިކަމާ ގުޅިގެން އެސްޖޭއިން ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކޮށްފައެވެ. އަދި ސަރުކާރުން އެކުއިޓީގެ ގޮތުގައި ދޫކުރި ފައިސާ އަނބުރާ ހޯދުމަށް ދައުލަތުންވެސް ދަޢުވާ ކުރިއެވެ. މި މައްސަލަ ހައްލުކުރުމަށް ދެ ފަރާތުން ވަނީ ކޯޓުން ބޭރުގައި މަޝްވަރާކުރުމަށް އެއްބަސްވެފައެވެ. އެގޮތުން، ޒިކުރާ މިސްކިތުގެ ބަދަލުގައި އެސްޖޭގެ ޚަރަދުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް މިދިޔަ ސަރުކާރުން ވަނީ އެސްޖޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
