
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއަށް ގެންނަވަން ބޭނުންފުޅުވާ ތަރައްގީގައި ފުލުހުންގެ ފުޅާ ދައުރެއް އެބައޮތް ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވީ ދިވެހި ރައްޔިތުން ހަވާލުކުރެއްވި މުހިންމު ޒިންމާތަކެއް އުފުއްލަވައިގެން ރައްޔިތުންނާއި މުޖުތަމަޢު ރައްކާތެރިކުރައްވަން ކަމަށެވެ. އަދި މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަވައި، އިގްތިސާދީގޮތުން ފުދުންތެރި ޤައުމަކަށް ހެއްދެވުމުގެ މަސައްކަތް ޒިންމާދާރުކަމާއެކު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމަޢުގައި އިގްތިސާދީގޮތުން ފުދުންތެރި އަދި ތަރައްގީވެފައިވާ ޤައުމުތަކަށް ބަލާލިޔަސް ފާހަގަކުރެވޭ ސިފަތަކެއް އެބަހުރި ކަމަށާއި އެއީ މިނިވަންކަމާއި މުސްތަގިއްލުކަމާއި އަމަންއަމާންކަން އަދި އަދުލު އިންސާފު ގާއިމުވެފައި އޮތުމާއެކު ވަކިވަކިފަރުދުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުންކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގައިވެސް ރައްޔިތުންނާއި އެ ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއްކަމަށާއި، ރައީސް ހޯއްދަވަން މަސައްކަތް ކުރައްވާ ތަރައްގީ ހޯއްދެވުމުގައި ފުލުހުންގެ ދައުރު ފުޅާކަމަށް ވަޒީރު ވިދާޅުވިއެވެ.
“އިގްތިސާދީ ގޮތުން ފުދުންތެރިކަން ހޯދުންވިޔަސް އިޖުތިމާޢީ ފޭރާން ހަރުދަނާކުރައްވަން ވިޔަސް މިހުރިހާ މަސައްކަތްޕުޅެއްގެ ހަގީގި އެއް މޭސްތިރިންނަށްވާނީ އަބަދުވެސް ދިވެހި ފުލުހުން، ތިބޭފުޅުންގެ މަސައްކަތްޕުޅުން ދިވެހިރާއްޖެއަކީ ސުލްހަމަސަލަސްކަން ދެމި އޮންނަ އަމަންއަމާން ވެއްޓެއް ޤާއިމުވެފައި އޮންނަ ޤައުމަކަށް ހެއްދެވުމަކީ ދިވެހި މުސްތަގުބަލް އުޖާލާވެގެންދާނެ މަގު،” ދިފާޢީ ވަޒީރު ވިދާޅުވިއެވެ. ކޯހުގެ ދަސްވެނިންނާ މުޚާތަބުކުރައްވައި ދިފާޢީ ވަޒީރު ވިދާޅުވީ އެ ދަސްވެނިންގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި އެ ޒިންމާ އޮތީ ޤައުމާއި ރައްޔިތުންނާއި ޤާނޫނުއަސާސީއަށް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިތިބުމަށާއި ޤައުމަށް ވަފާތެރިވުމަށާއި ނަފްސަށްވުރެ ޤައުމު އިސްކުރެއްވުމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވަނީ އިލްތިމާސްކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
