
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެފްއޭއެމް ދިވެހި ޔޫތު ލީގުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ކްލަބް ވެލެންސިއާ ހޯދައިފި އެވެ.އިސްމާއީލް އާސިފް (ކުޑަހީނާ) ކޯޗުކޮށްދޭ ވެލެންސިއާ ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ މިހާތަނަށް ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށް ބާކީ އެއް މެޗު އޮއްވަ އެވެ. ވެލެންސިއާ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވި މައިގަނޑު ސަބަބަކީ އިއްޔެ ހަވީރު ދެ ވަނާގައިވާ މާޒިޔާ އާއި ވިކްޓަރީ ކުޅުނު މެޗު 3-3އިން އެއްވަރުވުމެވެ. މި ނަތީޖާގެ ސަބަބުން ލީގުގެ ފަހު މެޗުގައި މާޒިޔާ އަތުން ވެލެންސިއާ ބަލިވިޔަސް އެއްވެސް ޓީމަކަށް ވެލެންސިއާއާ އަރާ ހަމަނުކުރެވޭނެ އެވެ.
ލީގު ތާވަލުގައި ވެލެންސިއާ އެއްވަނާގައިވަނީ ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައިވާ މާޒިޔާ އަށް ލިބިފައިވަނީ ހަ މެޗުން 13 ޕޮއިންޓެވެ. ތިން ވަނާގައިވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އެ ޓީމަށް ހަ މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު ހަތަރުވަނާގައިވަނީ 12 ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުން ޓީސީ އެވެ. އަށް ޓީމު ވާދަކުރާ ލީގުގެ ފަސް ވަނާގައިވަނީ ވިކްޓަރީ އެވެ. އެ ޓީމަށް ހަ ޕޮއިންޓް ލިބިފައިވާއިރު އީގަލްސް އަށް ފަސް ޕޮއިންޓް އަދި ހުއްރިއްޔާ އަށް 2 ޕޮއިންޓް އަދި ޔުނައިޓެޑް ވިކްޓަރީ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ވެލެންސިއާ ރޭ ކުޅުނު މެޗުގައި އީގަލްސް އަތުން މޮޅުވީ 12-0އިންނެވެ. ފުރަތަމަ ހާފުގައި ވެލެންސިއާ އިން ހަތް ގޯލު ޖެހި މެޗުގައި ފޯވަޑް އައިދު މުހައްމަދު ޖަވީޒް ވަނީ ދެ ހެޓްރިކް ހަދައިފަ އެވެ. ބާކީ ގޯލުތަކުގެ ތެރެއިން އަހުމަދު ކާއިން ގަޔާޝް އާއި އަބްދުﷲ އައިޝް އަލީ ކުރެ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހީ އެވެ. އަނެއް ދެ ލަނޑު ޖެހީ އަލީ އިލާން އަހުމަދު އާއި އިބްރާހީމް އައްލާމް ފަރީދް އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
