
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޗައިނާއާއި ދެކޮޅަށް އިންސާފު ހޯދުމުގެ ދެވަނަ މައްސަލައެއް ހުށަހަޅަން ފިލިޕީންސްއިން ތައްޔާރުވެއްޖެއެވެ.
ޗައިނާގެ އަމަލުތަކުގެ ސަބަބުން ދެކުނު ޗައިނާ ކަނޑާއި، ފިލިޕީންސްގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ކަނޑަށް ލިބުނު ތިމާވެށީގެ ގެއްލުންތަކުގެ ބަދަލު ހޯދުމަށް ބައިނަލްއަގްވާމީ ކޯޓަކަށް މިއަހަރު ދާނެކަމަށް ފިލިޕީންސްގެ ޖަސްޓިސް ސެކްރެޓަރީ ކްރިސްޕިން ރެމުލާ ވަނީ އިއުލާންކުރައްވާފައެވެ. ފިލިޕީންސްއިން މިހާރު ބަލަމުންދަނީ އެމައްސަލަ ވައްދާނީ ބައިނަލްއަގްވާމީ ކޮން ކޯޓަކަށްތޯއެވެ. ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަން ނުވަތަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ.
މީގެ ކުރިން، ދެކުނު ޗައިނާ ކަނޑުގެ މައްޗަށް ޗައިނާއިން ކުރާ ދައުވާގެ މައްސަލަ ފިލިޕީންސްއިން ވަނީ ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅައިގެން، 2016 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. އެހެންކަމުން މިއީ ފިލިޕީންސްއިން ޗައިނާއާ ދެކޮޅަށް ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ބައިނަލްއަގްވާމީ ކޯޓަށްދާ ދެވަނަ މައްސަލައެވެ. 2016 ވަނަ އަހަރު އާބިޓްރޭޝަނުން ނިންމީ ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާމެދު ޗައިނާއިން ކުރާ ދައުވާއަކީ އަސްލެއްނެތް ދައުވާއެއްކަމަށެވެ.
ފިލިޕީންސްއިން ބުނާ ގޮތުގައި ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ފަޅުތަކާއި ފަރުތައް ހިއްކައިގެން ހަދާފައިވާ ރަށްތަކުގެ ސަބަބުން މުޅި އެސަރަހައްދުގެ ތިމާވެށްޓާއި ކަނޑުގެ ދިރުން ވަނީ ހަލާކުވެފައެވެ. ސެންޓަރ ފޮރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް އިން 2023 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި އަންދާޒާކުރި ގޮތުގައި ޗައިނާއިން ބިން ހިއްކުމުގެ ސަބަބުން 1900 ހެކްޓަރާއި ގާތްކުރާ މިންވަރަކަށް ފަރުތައް ވަނީ ހަލާކުވެފައެވެ. ފިލިޕީންސްއިން ބުނީ މިއީ މަދަނީ މައްސަލައެއްކަމަށާއި، އެގައުމުން އެދޭނީ ޗައިނާގެ އަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
