
ދުބާއީގެ އެންމެ ވަރުގަދަ އެއް ރިއަލް އެސްޓޭޓް ކުންފުނި، ސަމަނާ ޑެވެލޮޕާސް އިން، ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ބްރޭންޑް، އެލީ ސާބްއާ ގުޅިގެން ރާއްޖޭގައި އަގުބޮޑު ރިސޯޓެއް ތަރައްޤީކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ. ބޭރުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި 598 މިލިޔަން އެމެރިކާ ޑޮލަރުގެ މި އަގުބޮޑު ރިސޯޓް ތަރައްގީކުރަން ނިންމާފައިވަނީ ހދ. ހަނިމާދޫ ކައިރީގައެވެ. އެގޮތުން، މި ރިސޯޓް އޮންނަނީ ހަނިމާދޫ އެއަރޕޯޓުން 20 މިނެޓުން އަދި ހުޅުލެއިން ފުރައިގެން ސީޕްލޭނެއްގައި 45 މިނެޓުން ދެވޭ ހިސާބުގައިކަމަށް އެ ނޫސްތަކުން ބުނެފައިވެއެވެ.
ދުބާއީގެ މަދީނަތު ސަރަހައްދުގައި ކުރިއަށް ދިޔަ ހަރަކާތެއްގެ ތެރެއިން މި ރިސޯޓް އިއުލާންކޮށްފައިވާއިރު، މިއީ 507،651 އަކަފޫޓުގެ ރިސޯޓެކެވެ. ބީޗްފްރަންޓް ވިލާތަކާއި، ވޯޓަރ ބަންގަލޯ އަދި ޕޫލްސައިޑް އެޕާޓްމަންޓްތައް ހިމެނޭހެން، މި ރިސޯޓުގައި 190 ޔުނިޓު ހިމެނޭކަމަށް ވެސް ނޫސްތަކުން ބުނެފައިވެއެވެ. އަދި މިއިން ކޮންމެ ޔުނިޓެއް ޑިޒައިން ކުރަނީ އެންމެ ޒަމާނީކޮށް، އެލީ ސާބް ކުންފުނިންނެވެ. މީގެ އިތުރުން ވެސް، މަސައްކަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާ ހަވާލާދީ ޔޫއޭއީގެ ނޫސްތަކުން ބުނެފައިވަނީ މި ރިސޯޓުގައި ސްޕާއަކާއި ވެލްނަސް ސެންޓަރެއް، އަރަބި އަދި ޖަޕާނުގެ ރަހަތަކަށް ހާއްސަ ރެސްޓޯރަންޓްތަކެއް، ޑައިވިންގ ސެންޓަރަކާއި މޫދު ކުޅިވަރުގެ އިންތިޒާމުތައް އަދި ގިނަ އަދަދެއްގެ ޕޫލްތަކާއި ފިޓްނަސް ސެންޓަރެއް ވެސް ހިމެނިގެންދާނެ ކަމަށެވެ.
ހަމައެހެންމެ، ރިސޯޓް ތަރައްގީކުރުމާއި، ރިސޯޓް ތަރައްގީކޮށް ހުޅުވުމަށްފަހު ވެސް، ތިމާވެށީގެ ދެމެހެއްޓެނިވިކަމަށް އަމާޒުކޮށް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ. އެގޮތުން، ރިސޯޓުން އިސްނަގައިގެން، މުރަކަ އާލާކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެކަމަށް ބުނެފައިވެއެވެ. 2029 ވަނަ އަހަރު، މި ރިސޯޓް އޮޕަރޭޝަނަށް ނެރުމަށް މަސައްކަތްކުރަމުންދާއިރު، މިކަމުގެ ސަބަބުން ދެ ކުންފުނި ވެސް އެތައް ހަރުފަތެއް ކުރިއަށްޖެހިލާނެކަމަށާއި، ރާއްޖެފަދަ ލަގްޒަރީ އަދި މަތީފަންތީގެ ފަތުރުވެރިކަމެއް އޮންނަ ޤައުމެއްގައި މަސައްކަތް ފެށުމުން އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް، ދެ ކުންފުނީގެ ވެރިން ވެސް ވިދާޅުފައިވެއެވެ.
މި ރިސޯޓް ސަރަހައްދުގައި އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް، ހިދުމަތްތައް ތަރައްގީކުރުމަށް ހާއްސަ މަޝްރޫއެއް މިހާރު ވެސް ހިންގަމުން އަންނައިރު، އެސަރަހައްދަކީ ރާއްޖޭގައި ފަތުރުވެރިކަން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ އެއް ސަރަހައްދުކަން ވެސް ފާހަގަކޮށްލެވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
