
މާލޭގެ ގެއެއްގެ ފަސްވަނަ ބުރިން ކުޑަކުއްޖަކު ނުވެއްޓި ކިރިޔާ ސަލާމަތްވާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވާން ފަށައިފިއެވެ. މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގެއެއްގެ ފަސްވަނަ ފަންގިފިލާގައި ހުޅުވާފައި ހުރި ކުޑަދޮރެއްގެ މަތީގައި އިށީނދެގެން އިން ކުޑަކުއްޖަކު އެ ދޮރުން ތިރިއަށް ފައިބަން މަސައްކަތްކުރާ މަންޒަރެވެ. ދެފައި އެއްކޮށް ކުޑަދޮރުން ބޭރަށް އެލުވާލާ މަންޒަރުވެސް ވީޑިއޯއިން ފެނެ އެވެ.
މަގުމައްޗަށްވާ ގޮތަށް ހުރި އެ ދޮރުން ކުއްޖާ ފައިބަން އުޅޭ މަންޒަރު ފެންނަ ވީޑިއޯގައި މަގުމަތީގައި ތިބި ގިނަ ބަޔަކު ކުއްޖާއަށް ގޮވައި އެތެރެއަށް ވަނުމަށް ބުނެ ގޮވާ އަޑުވެސް ގަދައަށް ހުއްޓެވެ. އެކުއްޖާ ދެތިން ފަހަރެއްގެ މަތިން ކުޑަދޮރުން ތިރިއަށް ފައިބަން މަސައްކަތްކުރިތަން ވީޑިއޯގައި ފެނިގެން ދިޔައިރު، ގޭތެރެއިން ބޮޑު މީހެއްގެ ހިލަމެއް ނުވެއެވެ. އެހެން ނަމަވެސް އެތެރެއިން އައި މީހަކު ވަނީ ކުއްލިއަކަށް ކުއްޖާ ނަގައި އެތެރެއަށް ވައްދާފައެވެ. އާންމުކޮށް ކުޑަކުދިން އުޅޭ އިރު ގޭގޭގެ ކުޑަދޮރުތަކާއި ބެލްކަނީތަކުގައި ތަޅުއަޅުވާފައި ބެހެއްޓުމާއި، ބޮޑުމީހެއްގެ ހާޒިރުގައި ނޫނީ އެފަދަ ތަންތަނަށް ކައިރި ނުކުރުމަކީ ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅެކެވެ.
ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަކީ ބެލެނިވެރިންގެ ޒިންމާއަކަށްވާއިރު، މިފަދަ ނުރައްކާތަކަށް ކުދިން ހުށައެޅިގެންދާ މައްސަލަތަކަކީ މީގެ ކުރިން އިހުމާލުގެ މައްސަލަތަކުގައި ބެލެވިފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
