
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އަތޮޅު ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ރައީސްގެ ހިތްތިރަކަމާއި، ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަން އެކި ގޮތް ގޮތަށް އެނގި ހާމަވެގެން އެބަ ދެއެވެ. ދެއްވަމުން ގެންދަވަނީ އެރަށަކަށް ބޭނުންވާ އެންމެ މުހިންމު ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަމެވެ. އަދި ވަކިވަކި ފަރުދުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި އެފަރާތްތަކުން އެދޭ އެދުންތަކަށް ވެސް އެމަނިކުފާނު ގެންދަވަނީ އިޖާބަ ދީ ކަންކަން ފަހިކޮށްދެއްވައެވެ. ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކު އެކުއްޖާގެ ބައްޕަ މަތިން ހަނދާވާކަން ރައީސަށް ދެންނެވުމުން އެކަމަށް ވަގުތުން އެޓެންޑުވެ ކުއްޖާގެ ބައްޕައާއި ކުއްޖާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސައިދެއްވީ އިހަކަށް ދުވަހުއެވެ.
މަންމަގެ އުރުގައި އިނދެ ރައީސަށް ތިން އަހަރުގެ އެ ތުއްތު ކުއްޖާ ދިއްކޮށްލި ސިޓީގައި ބުނީ “އައި މިސް މައި ޑެޑީ” ނުވަތަ ބައްޕަ މަތިން ވަރަށް ހަނދާންވާ ކަމަށެވެ. ތުއްތު ކުއްޖާގެ އާދޭހާއި އިހުސާސްތައް ދެނެގަނެ، އޯގާތެރިކަމާއި ކުލުނު އިސްކޮށް، ރައީސް ނެންގެވީ އެކަމަށް ވަގުތުން އެކްޝަނެވެ. އަތޮޅުގެ އެހެން ރަށެއްގައި ފުލުހުންގެ ޚިދުމަތުގެ ވަޒީފާ އަދާކުރަމުން އައި އެ ތުއްތު ކުއްޖާގެ ބައްޕަ، 45 މިނެޓު ތެރޭ އެރަށަށް ގެނެސް، އޭނާ ވަޒީފާ އަދާ ކުރާ ރަށަކީ ކަނޑުހުޅުދޫ ގޮތުގައި ކަނޑައެޅިއެވެ.
ކަނޑުހުޅުދޫއަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޑަކުއްޖަކު އެދުނހ އެހެން ކަމެއް ވެސް މީޑިއާތަކަށް ތިލަވެފައިވެއެވެ. އެމަނިކުފާނަށް މަރުހަބާ ދަންނަވައި ސަލާމްކުރަން އެތުރިފައި އޮތް ރައްޔިތުންގެ ސަފުގައި ތިބި ކުޑަކުދިންތަކެއް ރައީސް އަރާހަމަވެވަޑައިގެންނެވުމުން ކަރުދާސްކޮޅަކާއި ގަލަމެއް ދީ، ކަނާތުން ސޮއިކުރެއްވުމަށް އެދުނު އެދުމުގެ ވާހަކައެވެ.
މިކަންކަމުގެ އިތުރުންވެސް، ރައީސް ޑރ. މުއިއްޒު ރ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާތަކުގައި އެންމެ ކުރީ ގޮނޑިބަރިތަކުގައި އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދިނުމުން ވެސް ފާހަގަވަނީ ރައީސްގެ އޯގާތެރިކަމާއި ރައްޔިތުންނާ މެދު ބަހައްޓަވާ ގާތް ކަމެވެ. މި ދަތުރުތަކުގެ ތެރެއިން އިއްޔެ ރ. މަޑުއްވަރީން ވެސް ރައީސްގެ ހިތްތިރިކަމުގެ މިސާލެއް ފެނިގެން ދިޔައެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިއަދު ރައީސް ރ. މާކުރަތަށް ވަޑައިގެން މީހުންނާ ސަލާމްކުރައްވަމުން ގެންދަވަނިކޮށް ރައީސާ ދިމާވި ކުދިންތަކެއްގެ ފަރާތުން އަނެއްކާ ވެސް މިވަނީ “ރިކުއެސްޓެއް” ލިބިފައެވެ. އެކުދިން އެދުނީ ރަށުގައި ފުޓްސަލް ދަނޑެއް އަޅުއްވައިދެއްވުމަށެވެ. އެއީ ރިޔާސީ ކެމްޕެއިނުގައި އެރަށުގައި ފުޓްސަލް ދަނޑެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައި އޮތުމުން އެކަމުގެ އަދާހަމައެއް ހޯދުމުގެ ގޮތުން އެކުދިން ރައީސަށް ދެންނެވި ރިކުއެސްޓެއް ކަމުގައި ވެސް ވެދާނެއެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ރައީސް، ވަޑައިގަންނަވަނިކޮށް ކުދިންތަކެއް އެމަނިކުފާނަށް “ރައީސް! ރައީސް!” ކިޔައި، ގޮވާތީ އެކުންދިން ކައިރިއަށް ރައީސް ވަޑައިގަންނަވާ މަންޒަރެވެ.
އެކުދިންގެ ކައިރިއަށް ވަޑައިގެން ސަލާމްކުރައްވަމުން ގެންދަވަނިކޮށް އެތަނުން ކުއްޖަކު ރައީސް އަރިހުގައި އެދުނީ ރަށުގައި ފުޓްސަލް ދަނޑެއް ގާއިމްކޮށްދެއްވުމަށެވެ. އެހިސާބުން އިތުރު ސުވާލެއް ވެސް ކުރެއްވުމެއް ނެތި، ރައީސް ނަންގަތީ ސްޕޯޓްސް މިނިސްޓަރަށެވެ. ސްޕޯޓްސް މިނިސްޓަރު ހާޒިރުކޮށް ކުދިންނަށް ރައީސް ދެއްވީ އެރަށުގައި ފުޓްސަލް ދަނޑެއް އަޅުއްވައިދެއްވާނެ ކަމުގެ ޔަގީންކަމެވެ.
އެގޮތުން ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތުގެ މަތިން މިއަހަރުގެ ތެރޭ އެރަށުގައި ފުޓްސަލް ދަނޑެއް އަޅުއްވާނެ ކަމަށާއި، އެރަށުގެ ފުޓްބޯޅަ ދަނޑު މަރާމާތު ކުރުމާއި ޒުވާނުންގެ މަރުކަޒެއް ގާއިމްކުރުން ވެސް މިއަހަރުގެ ތެރޭ ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
