
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރ. މާކުރަތަށް ބޭނުންވެފައިވާ ކަންކަން ފުއްދައިދިނުމުގެ ގޮތުން މިއަހަރުގެ ތެރޭގައި އެރަށުގެ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ބަނދަރު ހެދުމާއި ސިއްހީ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކުރުމުގެ އިތުރުން، ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާކުރަތަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެރަށުގެ ބަނދަރުގެ މަސައްކަތަކީ އެމަނިކުފާނު ހައުސިން މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އިރު ކުރީގެ ސަރުކާރުން ފަށާފައިވާ ކަމެއް ކަމަށެވެ. އެ މަޝްރޫއުގެ ތެރެއިން ރަށް ގިރުމުގެ މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
އޭރުގެ ސަރުކާރުން ފަށާފައިވާ، އެރަށުގައި ޕަބްލިކް ވޯކްސްގެ ސައިޓެއް ގާއިމްކުރުމުގެ މަސައްކަތް ވެސް މިއަހަރުގެ ތެރޭ ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކާއި ރަށްރަށުގައި ބިނާކުރެވިފައިވާ އިންފްރާސްޓްރަކްޗަރތަކުގެ މެއިންޓެނެންސް ބެލެހެއްޓުމުގައި ޕަބްލިކް ވޯކްސްގެ ދައުރު މުހިއްމުކަން ފާހަގަކުރައްވައި މިއަހަރުގެ ތެރޭ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ މަރުކަޒެއް ގާއިމްކުރައްވާނެކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުން މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން އެރަށުގެ ސިއްހީ މަރުކަޒުގައި އިންސާނީ ވަސީލަތްތަކާއި، އިތުރު ވަސީލަތްތައް ތަރައްގީ ކުރައްވަން ގަސްދުކުރައްވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސިއްހީ މަރުކަޒުގެ އިތުރުން ތައުލީމީ ދާއިރާއިން އެރަށުގެ ސްކޫލަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށްދިނުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތުގެ މަތިން މިއަހަރުގެ ތެރޭ އެރަށުގައި ފުޓްސަލް ދަނޑެއް އަޅުއްވާނެ ކަމަށާއި، އެރަށުގެ ފުޓްބޯޅަ ދަނޑު މަރާމާތު ކުރުމާއި ޒުވާނުންގެ މަރުކަޒެއް ގާއިމްކުރުން ވެސް މިއަހަރުގެ ތެރޭ ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދެއްވުމުގެ ގޮތުން އަންނަ އަހަރު އެރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަވައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
