
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭ މޯބައިލް ދެ ޔުނިޓާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ޕަބްލިކް ވޯކްސްގެ މަރުކަޒު ބަހައްޓަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެއަތޮޅު މާކުރަތަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މަޝްރޫއުތައް ބެލެހެއްޓުމާއި، ރަށްރަށުގެ ތަންތަން މަރާމާތު ކުރުމާއި އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމުގައި ޕަބްލިކް ވޯކްސްގެ މަސައްކަތް ވަރަށް މުހިންމު ކަމަށެވެ. އެހެންވެ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ މަރުކަޒެއް ގާއިމް ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި މިއަހަރުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ބައެއް އަތޮޅުގައި މިހާރު ވެސް ޕަބްލިކް ވޯކްސްގެ މަރުކަޒުތައް ހުންނަކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެފަދަ ތަންތަނަށް ގިނަ ދުވަސްވެފައި ހުރުމުގެ ސަބަބުން މަރާމާތު ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެފަދަ ތަންތަން ނެތް އަތޮޅުތައް ވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
“މިކަން ކުރުމުގައި (ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ މަރުކަޒެއް ގާއިމްކުރުން) ވަރަށް މުހިއްމު މަގުސަދެއް އެބަ އޮތް. އެއީ ވަރަށް ގިނަ ޚަރަދުކުރެވިގެން އިންފްރާސްޓްރަކްޗަރ މަޝްރޫއުތައް މި ހިންގަނީ، އެތަންތަން ވަރަށް ރަނގަޅަށް ބެލެހެއްޓުމަކީ މުހިއްމު ކަމެއް. މެއިންޓެނެންސް މަސައްކަތް ވަރަށް މުހިންމު ވެގެންދޭ. އެހެންވެ އެކަން ކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާ ބައެއް ޕަބްލިކް ވޯކްސްގެ މަސައްކަތްކުރާ ފަރާތްތައް އެއީ،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރު ންވެސް، ރަށްރަށުގައި ކުރަން ހުންނަ ކުދިކުދި މަސައްކަތްތައް ކުރަން ބޭނުންވާ އާލަތްތަކާއި މީހުން ފޯރުކޮށްދެނީ ޕަބްލިކް ވޯކްސް އިން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ މަރުކަޒެެއް ގާއިމްކުރުމުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި، އެއްތަނުން އަނެއްތަނަށް ބަދަލުކޮށް ގެންގުޅޭ މޯބައިލް ދެ ޔުނިޓެއް ގާއިމްކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮންމެ އަތޮޅެއްގައި މިއަހަރު ޕަބްލިކް ވޯކްސްގެ ސައިޓު ހެދިގެންދާނެ ހުރިހާ މެޝިނަރީސް ތަކެތި ހަމަކުރެވިފައި ހުންނަ. ހަމައެއާއެކީގައި މޯބައިލް ދެ ޔުނިޓު އެއްތަނުން އަނެއްތަނަށް ހުރިހާ ތަކެއްޗާއެކީގައި ބަދަލުކޮށް ގެންގުޅެވޭނެ ޔުނިޓު ހަމަޖެއްސުމަށް އޮތީ ކަނޑައަޅާފައި،” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަމަކީ ބޮޑު އިންވެސްޓެމަންޓެއް ކަމަށާއި، އެކަން ކުރަނީ ކުރިއަށް އޮތް ތަނުގައި މަރާމާތުކުރަން ޖެހޭ ތަންތަން މަރާމާތުކުރުމަށް ކުރަން ޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން ކަމުގައެވެ. އަދި ޕަބްލިކް ވޯކްސްގެ ސައިޓުތައް ހެދުމަށް ކުރާ ޚަރަދަކީ “ބޭކަރުވާ ޚަރަދެއް ނޫން” ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޕަބްލިކް ވޯކްސްގެ ނިޒާމު ގާއިމްކުރެވުމުން “ލޯންގް ޓާމް”ގައި ރަށްތަކުގައި ކުރަން ޖެހޭ މެއިންޓެނަންސް މަސައްކަތްތަކަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
