
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރ އަތޮޅު ފައިނުގައި ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފައިނަށް ވަޑައިގެން އެމަނިކުފާނު ވަނީ ރަސްމީކޮށް ފެނާއި ނަރުދަމާ ނިޒާމު ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. ރ. ފައިނުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމަކީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މިނިސްޓްރީ އޮފް ކޮންސްޓްރަކޮޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓްޑާއި ހަވާލުކޮންގެން ނިންމާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަގަކީ 64،240،752.74 ދިވެހި ރުފިޔާއެވެެ.
މި މަޝްރޫއުގެ މައިގަނޑު ސްކޯޕްގައި ނަރުދަމާގެ ތިން ޕަމްޕް ސްޓޭޝަން ގާއިމު ކުރުމާއި، ސީ އައު ފޯލް އެޅުމާއި، މުޅި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ވިއުގަ އެޅުމާއި، ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭ ވަރުގެ ދެ އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށް ދެ ޓޭންކް އަދި ވާރޭ ފެން ރައްކާ ކުރުމަށް ޓޭންކެއް ބެހެއްޓުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ. އެމްޑަބްލިއުއެސްސީ އިން 20 ރަށެއްގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހު ވަނީ ނިންމާލާފައެވެ. މި 20 ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުތަކަކީ، މިދިޔަ ސަރުކާރުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ހަވާލުކޮށްގެން ސަރުކާރުގެ ޚަރަދުގައި ކުރިޔަށް ގެންދިޔަ މަޝްރޫއުތަކެކެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 1.34 ބިލިއަން ރުފިޔާއެވެ.
ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދިޔަ ހުރިހާ ރަށެއްގެ މަސައްކަތް ނިންމާލުމުގެ އަމާޒަށް ވާސިލުވެވުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުންކަން އެމްޑަބްލިޔުއެސީން ފާހަގަކުރެއެވެ. އަދި އެ މަޝްރޫއުތަކުގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަން ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
