
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރ. ކިނޮޅަސް ސްކޫލާއި ސިއްހީ މަރުކަޒާއި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް ޑރ. މުއިއްޒު، ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކިނޮޅަސް އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ މަރުކަޒާއި ސްކޫލް ތަރައްގީ ކުރުމުގެ އިތުރުން ސިކުނޑި ތަރައްގީކޮށް ދުޅަހެޔޮ ކަމަށް ކުޅިވަރު ވަރަށް މުހިންމު ކަމަށެވެ. އަދި ކޮންމެ އުމުރަކަށް ވެސް އަދި ކޮންމެ ޖިންސަކަށް ވެސް ކުޅިވަރަކީ މުހިންމު އެއްޗެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރަށެއްގެ އާބަދީއަށް އެކަށީގެންވާ އަދަދަށް ކުޅިވަރު ގާއިމްކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާނެ ކަމަށެވެ. އެގޮތުން ކިނޮޅަސްގައި ވެސް ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޖީލެއް ބިނާކުރުމުގައި ތައުލީމީ ރަނގަޅު ދަރިންތަކެއް ބިނާކުރުމުގައި ތައުލީމީ އިންފްރާސްޓަރަކްޗާއަކީ މުހިންމުކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ތައުލީމީ ގޮތުން ސްކޫލްތަކުގައި ހުންނަންޖެހޭ ވަސީލަތްތައް ފުރިހަމަވުމަކީ މުހިންމު ކަމެއް ކަމަށާއި އެއާއެކުގައި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވުން ވެސް އަންނާނެ ކަމަށް ވިދާޅުވިއެވެ. ކިނޮޅަސް ސްކޫލަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ. “ސްކޫލާއެކު މިނިސްޓްރީން މަޝްވަރާތައް ކުރުމަށް ފަހު ފްލޭން ހަދާނެ ސްކޫލަށް ބޭނުންވާ ކަންކަމުގެ. ސްކޫލްގެ ފެސިލީޓައް ހަމަކޮށްދިނުމުގައި ސަރުކާރުން އިސްކަމެއް ދޭނަން. އަމާޒަކީ ދެ އަހަރުގެ ތެރޭގައި އެކަންކަން ކޮށްދިނުން.” ރައީސް ވިދާޅުވިއެވެ.
ރައީސް ކިނޮޅަސް އަށް ވެވަޑައިގެންނެވި އިތުރު ވައުދުތައް:
- ފުޓްސަލް ދަނޑު އަޅައިދިނުން
- ވޮލީ ކޯޓެއް އަޅައިދިނުން
- ހޭންޑް ބޯލް ކޯޓެއް އަޅައިދިނުން
- ފުލުހުންގެ ހިދުމަތް ގާއިމްކުރުން
- ލައިބްރަރީއެއް ގާއިމްކުރުން
- ނެރުފައިކަށި ރޫޅިފައިވާ މައްސަލަ ހައްލުކުރުން

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކީ ވެސް މުހިންމު ރައްޔިތެއް، ހަމަހަމަ ރައްޔިތެއް ކަމަށެވެ. އެހެންކަމުން ސިއްހީ ހިދުމަތް އެއް ފެންވަރެއްގައި ލިބޭނެ މަގު ފަހިވެފައި އޮންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. ކިނޮޅަސްގެ ސިއްހީ މަރުކަޒުގައި ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަންކަމަށް ހައްލު ގެނައުމަށް ބަޖެޓުން ކުރެވެން ހުރި ކަންކަން ކުރައްވާނެ ކަމަށެވެ. އިމާރާތް ބޮޑު ކުރުމާއި އެމްބިއުލާންސްގެ ހިދުމަތް ރަނގަޅުކުރުންފަދަ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ބޭންކާއި ފުލުހުންގެ ހިދުމަތާއި ފެނާއި ނަރުދަމާއަކީ ރަށެއްގައި ހުންނަންޖެހޭނެ ހިދުމަތްތަކެއް ކަމަށް ވިދާޅުވިއެވެ. ކިނޮޅަސްގައި ފެނާއި ނަރުދަމާ ވަނީ އެޅިފައި ނަމަވެސް ދާންވާ ހިސާބަށް އެ ހިދުމަތް ނުދާކަމަށް ވިދާޅުވިއެވެ. ކިނޮޅަސްގައި ލޯކަލް ޓޫރިޒަމް ތަރައްގީ ކުރުމަށް ސަރުކާރުން އެއްބާރުލުންދެއްވާނެ ކަމަށާއި އެ ރަށުގައި ލޯކަލް ޓޫރިޒަމްގެ ކަންތައް ފެށޭގޮތް ވުމަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށް ދޭ އެހީއެއްގެ ގޮތުގައި އެ ސަރަހަށްދަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޮރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އޭރުން ޓޫރިޒަމްގެ ދާއިރާއަށް ކިނޮޅަސް ވަދެވިގެންދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
