
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރ. ކިނޮޅޮސްގެ ކުޑަކުދިން އެދުނު ގޮތަށް މި އަހަރުގެ ތެރޭގައި ޕާކެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އެގޮތަށް ވިދާޅުވީ ރ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ކިނޮޅަސް އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެ ރަށަށް ވަޑައިގެން ސަފުގައި ސަލާމް ކުރަމުން ދިޔައިރުގައި ކުޑަކުދިން ކުދިކުދި ކަރުދާސްކޮޅުތައް ދެމުންދިޔަ ކަމަށެވެ. އެ ކަރުދާސްކޮޅުތަކުގައި އޮތީ ” ކޮއްކޮ ކުޅެލާނެ ޕާކެއް ނެތީމަ ހާދަ ދެރަވެއޭ، ކޮއްކޮއަށް ޕާކެއް ހަދައިދޭށޭ” މިހެން ކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
” އެއްވެސް ތަފާތުކުރުމެއް ނެތި ބޮޑެތި އާބާދީތަކާއި ކުދި އާބާދީތަކުގައި ކުޑަކުދިންނަށް ކުޅެވޭނެ ގޮތަށް ޕާކްތައް ހެދުމަކީ ހަގީގަތުގައި ތަރައްގީ ގެނެސްދިނުމުގައި ވަރަށް މުހިންމު ކަމެއް. ހަމައެކަނި ބޭނުންވަނީ ރަށްރަށުގައި ހުންނަ އިމާރާތްތާއި މަގުތައް ތަރައްގީ ކުރުން ފަދަ ބޮޑެތި ކަންކަމެއް ނޫން. އެއާއިއެކުގައި ބޭނުންވާނެ ތުއްތު ކުދިންނާއި އާއިލާތަކަށް ހިތްހަމަޖެހި ލެވޭނެ ވަސީލަތްތައް ހުރުން. އެއީ ވަށާ ޖެހޭ ތަރައްގީއެއް ސަރުކާރުން ގެނެސްދޭއިރު ފެނިގެންދާން ޖެހޭނެ ކަންކަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ކުރީގައި އެކި މަގާމުތަކުގައި ހުންނެވިއިރު މާލޭގައި އެކި ކަންތައް ކުރުމަށް ފުރުސަތު ލިބިވަޑައިގެންނެވި އިރުގައި ކަންކަން ކުރެއްވީ އެގޮތަށް ވިސްނައިގެން ކަމަށެވެ. މާލެއަކީ ވަރަށް ތޮއްޖެހިފައި އޮތް ތަނެއް ކަމަށާއި އެތަނުގައި ވެސް އެކި ގޮތްގޮތައް ޖާގަ އުފައްދައިގެން ވަރަށް ގިނަ ޕާކްތައް ހަދާފައިވާނެ ކަމަށް ވިދާޅުވިއެވެ. އެކަހަލަ ޖާގަތައް ކްރިއޭޓްކޮށްދިނުމުން ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭނެ ކަމަށާއި ސިކުނޑިއަށް ލިބޭ ހިތްހަމަޖެހުމަކީ މުހިންމު އެއްޗެއް ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އަޅުގަނޑުމެންގެ ސިޔާސަތުގައި ކަނޑައަޅާފައި އޮތީ ކޮންމެ ރަށެއްގައި ވެސް ފާކް ހަދައި ދިނުމަށް. މިދިޔަ އަހަރުގައި ނެތް އެކަހަލަ މާގިނަ މަސައްކަތެއް ކުރެވިފައެއް. މިދިޔަ އަހަރު ވަރަށް މަސައްކަތްތަކެއް ކުރަން ޖެހުނު އިގްތިސޯދަށް ކުރިއެރުންތަކެއް ގެނައުމަށް.” ރައީސް ވިދާޅުވިއެވެ. މިހާރު ފާސްކޮށް ތަންފީޒުކުރާ ބަޖެޓްގައި އިޖްތިމާއީ ދާއިރާގައި ކުރަން ހުރި ކަންކަމުގައިވާ ޕާކްތައް ހަދައިދިނުމާއި ކުޅިވަރުކުޅޭ ވަސީލަތްތަށް ގާއިމްކޮށްދިނުމަށް އިސްކަމެއް ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ދުޅަހެޔޮކަމަށާއި ސިކުނޑީގެ ތަރައްގީއަށް ބޭނުންވާ ކަންކަން ކުރުމަށް އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވިއެެވެ. ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި ކިނޮޅަސްގައި ޕާކެއް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
