
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގައި އެންމެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ޕާޓީއަކީ ސަރުކާރު ނިސްބަތްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އީސީއިން އާންމުކޮށްފައިވާ ތަފަށްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ މެންބަރުން ގިނައީ ޕީއެންސީގައެވެ. އެ ޕާޓިގައި 68،968 މެންބަރުން ތިބިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ދެން އެންމެ މެންބަރުން ގިނަ ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގައެވެ. އެ ޕާޓީގައި 43،755 މެންބަރުން ތިބިކަމަށް އީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު:
- އެމްޑީޕީ – 43755 މެންބަރުން
- އަދާލަތު ޕާޓީ – 9049 މެންބަރުން
- ޖުމުހޫރީ ޕާތީ – 13826 މެންބަރުން
- ޕީޕީއެމް – 12174 މެންބަރުން
- އެމްޑީއޭ – 9210 މެންބަރުން
- އެމްޓީޑީ – 2359 މެންބަރުން
- ޕީއެންސީ – 68968 މެންބަރުން
- އެމްއާރްއެމް – 1867 މެންބަރުން
- އެމްއެންޕީ – 6050 މެންބަރުން
- ދަ ޑިމޮކްރެޓްސް – 3667 މެންބަރުން
- ޕީއެންއެފް – 2822 މެންބަރުން
ޕީއެންސީން މި ފަހުން ވަނީ އެ ޕާޓީއަށް މެންބަރުން ވެއްދުމަށް ބޮޑު ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގެ ތެރެއިން ވެސް ޕާޓީއަށް މި އަހަރުގެ ތެރޭގައި ގިނަ މެންބަރުން ވަނީ ވަދެފައެވެ. ސިޔާސީ ޕާޓީއެއް އީސީން ރަޖިސްޓްރީކުރަނީ 3،000 މެންބަރުން ހަމަވުމުންނެވެ. ޕާޓީއެއްގައި އެ އަދަދަށް މެންބަރުން ހަމަނުވާނަމަ ވަކި މުށްދަތެއް ދިނުމަށް ފަހުގައި އެ ކޮމިޝަނުން އެ ޕާޓީއެއް އުވާލާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
