
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރ. ފައިނުގައި އެއާޕޯޓް އަޅަން އަންނަ މަހު އެމްޓީސީސީއާ ހަވާލުކޮށް، މަޝްރޫއު ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ. ފައިނުގައި އެއާޕޯޓު އެޅުމަށް ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ވައުދުވެވަޑައިގެންނެވީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައެވެ. އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އޮގަސްޓް 30، 2023 ގައި ފައިނަށް ވަޑައިގެން އެ ރަށުގައި އެއާޕޯޓެއް އެޅުމާއެކު، ގިނަ ކަންތައްތަކެއް ކުރެއްވުމަށް ވައުދުވެވަޑައިގެންނެވިއެވެ.
ރ. އަތޮޅުގެ އުތުރުގައި މިވަގުތު އޮންނަނީ ރ. އިފުރު އެއާޕޯޓު އެކަންޏެވެ. ދެކުނުގައި ރ. އަލިފުށި އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރާ އިރު، އެއީ ފައިނުއާ ބަލާއިރު، ފުދޭ ވަރަކަށް ދުރު ސަރަހައްދެކެވެ. އެހެންވެ، ފައިނު ހިމެނޭ ސަރަހައްދަށް އިންތިހާއަށް އެއާޕޯޓެއް ވަނީ ބޭނުންވެފައެވެ. ރައީސް ޑރ. މުއިއްޒު ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފައިނަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ފައިނުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށެވެ. އެގޮތުން އަންނަ މަހު އެ މަސައްކަތް ކޮންޓްރެކްޓް ކުރެވި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑު މިއަދު ތިބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އެ މަސައްކަތް (އެއާޕޯޓުގެ މަޝްރޫއު) ކުރުމަށް އަޅުގަނޑުމެން އެމްޓީސީސީއާ އެކީގައި މިއަންނަ މަހު، ފެބްރުއަރީ މަހުގެ ތެރޭގައި އެގްރީމެންޓު ކުރުމަށް މިހާރު ނިންމާފައިވާ ވާހަކަ. އެއަށްފަހު އަމަލީ މަސައްކަތް ވަރަށް އަވަހަށް، މިރަށުގައި އެއާޕޯޓު އެޅުމަށް ފަށާނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއާޕޯޓު އަޅަން ނިންމާފައިވާ ސަރަހައްދުގައި ކުރީ ސަރުކާރުން ފެނާއި ނަރުދަމާ މަޝްރޫއުގެ ބައެއް ތަންތަން ހަދާފައިވާ ކަމަށާއި މި މަސައްކަތް ކުރިޔަށް ގެންދާއިރު ފެނާއި ނަރުދަމާ ނިޒާމުގެ ބައެއް ކަންތައްތައް ކޮށްފައިވާ ސަރަހައްދު އެއާޕޯޓުގެ ސަރަހައްދާ ދިމާވާތީ ބަދަލުތަކެއް ގެންނަން އެބަޖެހޭ ކަމަށެވެ. މި މަސައްކަތް ކުރިޔަށް ގެންދާއިރު ފެނާއި ނަރުދަމާގެ ހިދުމަތަށް އެއްވެސް މެދުކެނޑުމެއް ނާންނަ ގޮތަށް ކުޑަ ހަރަދެއްގައި އެ މަސައްކަތް ނިންމާލާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
“މިދިޔަ ސަރުކާރުން މި އެއާޕޯޓް އެޅުމަށް ހުރަސް އެޅުމަށްޓަކައި އެއާޕޯޓާއި ސީދާ ދިމާވާ ސަރަހައްދުގައި ފެނާއި ނަރުދަމާ މަޝްރޫއުގެ ބައެއް ތަންތަން ހުރީ ހަދާފައި.” ރައީސް ވިދާޅުވިއެވެ.
މި އެއާޕޯޓަކީ ފައިނުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއާޕޯޓަކީ އެ ދާއިރާ އަދި މުޅި އަތޮޅުގެ އިގްތިސާދު ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއާޕޯޓެއް ކަމަށެވެ. އަދި އެއާޕޯޓު ގާއިމުވެގެން ދިޔުމާއެކު ވަރަށް ގިނަ ވަޒީފާތައް އުފެދި އެ ސަރަހައްދަށް ގިނަ ރިސޯޓުތައް އައިސް ފަތުރުވެރިކަން ފުޅާވެގެންދާނެކަން ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.
“އެހެންވީމާ މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް އަދި މިއަތޮޅުގެ ޓޫރިޒަމްއަށް އިތުރު ކުރިއެރުންތަކެއް އައިސް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަކަށް ވާނެ. އިގްތިސާދީ ގޮތުން ކުރެވޭ އިންވެސްޓްމެންޓަކަށް އެކަން ވާނެ.” ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު އެމަނިކުފާނު ރިޔާސީ ވައުދުފުޅުތަކާ އެއްގޮތަށް އެރަށަށް ބޭނުންވާ އެހެނިހެން ކަންތައްތައްވެސް މިދައުރުގައި ކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ. އެގޮތުން ފައިނުގެ ހެލްތު ސެންޓަރު ތަރައްގީ ކުރުމާއި އެރަށުގައި ފުޓުބޯޅަ ދަނޑެއް ގާއިމުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފައިނުގައި އެއާޕޯޓު ހަދައި ނިމުމުން ރަށުގެ ބަނދަރުގެ ޖާގަ ބޮޑުކުރުން ވަރަށް މުހިންމު ކަމަކަށް ވާނެ ކަމަށާއި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ފައިނުގައި އޭޓީއެމް ހިދުމަތް ގާއިމުކުރުމަށް ބީއެމްއެލް އާއި ފައިނު ކައުންސިލާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ރައީސް މުއިއްޒު ވަނީ އެރަށުގައި ރަސްމީކޮށް ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފައްޓަވައިދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
