
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ނ. ހޮޅުދޫގައި މިދިޔަ އަހަރު ސެޕްޓެންބަރު މަހު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މައްސަލައިގައި ކަން ހިނގާދިޔަ ގޮތާމެދު ޝައްކުތައް އުފެދިފައިވާތީ، މި މައްސަލަ ތަޙުޤީޤުކުރުމަށް އެމެރިކާގެ ތަޙުޤީޤީ އިދާރާ އެފްބީއައިގެ އެހީތެރިކަން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވަނީ “ވަގުތު” އަށް ވިދާޅުވީ މި މައްސަލައިގައި އެފްބީއައިގެ އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.
“ޒަކިއްޔާ މަރުގެ މައްސަލައިގައި އެފްބީއައިގެ އެހީތެރިކަން ހޯދަމުންދަނީ.” ޝިފާން ވިދާޅުވިއެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެފްބީއައިގެ އެހީތެރިކަން ހޯދަނީ ރަށު މީހުންގެ ޝަކުވާ ބޮޑުވެފައިވާތީ، ފުލުހުންގެ ތަޙުޤީޤު ހިނގާދިޔަ ގޮތުގެ މުރާޖަޢާއެއް ހެދުމަށާއި، މިނިވަން ތަޙުޤީޤީ އިދާރާއެއް މެދުވެރިކޮށް އުފެދިފައިވާ ޝައްކުތައް ފިލުވުމަށް ކަމަށް ލަފާކުރެވެއެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާގެ ބޮޑެތި ޒަހަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިން ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރުއެވެ. އޭނާ އަކީ ޑިޕްރެޝަނަށް ފަރުވާ ހޯދާ މީހަކަށް ވާތީ އެންމެ ފުރަތަމަ އޭނާ މަރުވީ އަމިއްލައަށް ކަމަށް އަޑު ފެތުރުނު ނަމަވެސް، ފުލުހުން ޖިނާއީ ތަހުގީގެއް ދަނީ ކުރިއަށެވެ. އޭނާގެ ކަރުގައި ޒަޚަމްތަކެއް ހުރުމާއި، ކައިރީގައި ވަޅިއެއް އޮތުމުން މި މަރާމެދު ޝައްކުތަކެއް އުފެދުނެވެ. ރަށުގެ ގިނަ ބަޔަކު ޒަކިއްޔާ މަރާލީ ކަމަށް ތުހުމަތުކުރާއިރު، އެފަދަ ހެއްކެއް އަދި ނުލިބޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ކުރިން ދީފައިވާ މަޢުލޫމާތުގައި، ޒަކިއްޔާގެ ހަށިގަނޑުން މީހަކު ދޭ ޒާތުގެ އަނިޔާއެއް ނުފެންނަ ކަމަށް ޕެތޮލޮޖިސްޓް ޑޮކްޓަރަކު ލަފާދީފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޒަކިއްޔާ މަރުވީ އަމިއްލައަށްކަން ނުވަތަ މީހަކު މަރާލީކަން ފުލުހުން އަދި މުޅީން ނުނިންމައެވެ. މި މައްސަލައިގައި ރަށުތެރޭގައި ހަމަނުޖެހުންތަކެއް ހިނގައި، ޒަކިއްޔާގެ ދޮށީ ދަރިފުޅު މޫސާ ރިމްޒީ ހައްޔަރުކޮށް ފަހުން ދޫކޮށްލާފައިވެއެވެ. އަދި ޒަކިއްޔާގެ ޢާއިލާގެ މެދުގައި ވެސް އެކި ތުހުމަތުތައް ކުރެވި، ގިނަ ވާހަކަތަކެއް ރަށުތެރޭގައި ފެތުރެމުންދާ ކަމަށް ބުނެވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
