
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ” އަމާން އުދަރެސް” ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ. އެފްޑީސީއިން ވަކި ވަކިން ކޮށްފައިވާ އިއުލާނުތަކެއްގައި ވިދާޅުވެފައިވަނީ އަމާން އުދަރެސް 13، 14 އަދި 16 ވަނަ ޓަވަރުން އަށް ކޮމާޝަން ޔުނިޓެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެފްޑީސީއިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ޔުނިޓްތަކަކީ:
- އަމާން އުދަރެސް 14 – 6788،43 އަކަފޫޓްގެ ސީއެފް 1 ޔުނިޓް
- އަމާން އުދަރެސް 14 – 1896.51 އަކަފޫޓްގެ ސީޖީ 1 ޔުނިޓް
- އަމާން އުދަރެސް 14 – 161.29 އަކަފޫޓްގެ ސީޖީއެކްސް 1 ޔުނިޓް
- އަމާން އުދަރެސް 16 – 1896.51 އަކަފޫޓްގެ ސީޖީ 1 ޔުނިޓް
- އަމާން އުދަރެސް 16 – 161.29 އަކަފޫޓްގެ ސީޖީއެކްސް 1 ޔުނިޓް
- އަމާން އުދަރެސް 13 – 610. 34 އަކަފޫޓްގެ ސީޖީ 1 ގެ ދެ ޔުނިޓް
- އަމާން އުދަރެސް 13 0 598.84 އަކަފޫޓްގެ ސީޖީ 2 ގެ ޔުނިޓް
އެފްޑީސީއިން ކޮށްފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީ އަމާން އުދަރެސް 14 އިން ދޫކުރަނާ 6788.43 އަކަފޫޓުގެ ޔުނިޓަށް އަންނަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 15:00 ގެ ކުރިން އަގު ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ ޓަވަރުން ދޫކުރާ އަނެއް ދެ ޔުނިޓަށް އެ ދުވަހުގެ މެންދުރު 1:30 ގެ ކުރިން އަގު ހުށަހަޅަށް ވާނެ ކަމަށް އިއުލާނުގައިވެއެވެ. އަމާން އުދަރެސް 16 އިން ދޫކުރާ ދެ ޔުނިޓަށް އަގު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 18 ފެބްރުއަރީ ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:30 ގައި ކަމަށް ވެސް އެފްޑީސީއިން ވިދާޅުވެފައިވެއެވެ. އަދި އުދަރެސް 13 އިން ދޫކުރާ ތިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 18 ފެބްރުއަރީ ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އާއި 11:00 އާ ދެމެދުގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެފްޑީސީއިން ވިދާޅުވީ އެ ޔުނިޓަކަށް އެދި ހުށަހަޅަށް ޖެހޭ ލިޔެކިއުންތައް އެ ކޯޕަރޭޝަނުންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
