
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ބޭންކިން ނިޒާމުގެ ތެރެއިން ބޯޓުފަހަރު ބަނުމަށް ޓަކައިި ވަޑިންނަށް ލޯނު ނެގޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އިންނަމާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެރަށަކަށް ބަޖެޓު ކަނޑައަޅާއިރު ބަލާނީ އެރަށަކަށް އެންމެ މުހިއްމު ކަންކަން އިސްކޮށްގެން ކަމަށެވެ. އެގޮތުން އިންނަމާދޫއަކީ ފުޅާ ދާއިރާއެއްގައި އޮޑިބަނުމުގެ މަސައްކަތް ކުރާ ރަށެއް ކަމަށްވާތީވެ އެ މަސައްކަތް އިތުރަށް ފުޅާކޮށްދިނުމުގެ ގޮތުން ގިނަ ކަންތައްތަކެއް ސަރުކާރުން ރާވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އޮޑިފަހަރު ބަނުމުގެ ސިނާއަތުގައި އެރަށުގައި ހަރަކާތްތެރިވާ ވަޑިންނާއި މާވަޑިންނާއެކު މިއަދު ބޭއްވެވި ބައްދަލުވުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެބޭފުޅުންނަށް އެ ދާއިރާއިން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތަށް ބޭނުންވާ ފައިސާ ނުވަތަ ފައިނޭންސް ހަމަޖެހުމަށް ހުރި ހުރަސްތައް ކަމަށެވެ. އަދި އެ މަސައްކަތް ކުރިއެރުވުމަކީ ސަރުކާރުން އިސްކަމެއް ދޭ ސިޔާސަތެއް ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
“މިއަދު އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާގެ އަލީގައި އަދި މިދެންނެވި ސިޔާސަތުގެ ތެރެއިން އިރާދަކުރެއްވިއްޔާ އެއް ކަމަކަށް މި ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ބޭނުންވާ ކަންކަމުގެ ތެރެއިން ލުއި ގޮތެއްގައި ރަހުނަކާ ނުލައި ލޯނު ނެގޭނެ ގޮތް އިރާދަކުރެއްވިއްޔާ ބޭންކިން ނިޒާމުގެ ތެރެއިން އަޅުގަނޑުމެން ހަމަޖައްސަވައިދެއްވާނަން،” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެދާއިރާގައި ބޭރު މީހުން ގެންގުޅެން ބޭނުން ނުވާ ކަމަށެވެ. ސަރުކާރުން އެދާއިރާގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ހަމައެކަނި ދިވެހިން އެމަސައްކަތުގައި ބާރުވެރިކޮށް ކުރިއަރުވާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ދާއިރާއަށް ޒުވާނުންގެ މެދުގައި ޝައުގުވެރިކަން ކުޑަކަން ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެކަމަށް މަގުފަހިކުރުމަށް ޓަކައި އިންނަމާދޫގައި ބޯޓުފަހަރު ބަނުމުގެ ފަންނު ކުރިއެރުވުމަށް ޓަކައި އެ ދާއިރާއިން ތަމްރީން ފޯރުކޮށްދޭ މަރުކަޒެއް ގާއިމް ކުރުމަކީ ކުރަން ގަސްދުކުރައްވާ ކަމެއް ކަމުގައެވެ. އެގޮތުން ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށުން އެކަމަށް ބޭނުންވާ ކަންކަން ހަމަޖައްސައިދީގެން އެ ދާއިރާއިން ކުރިއަރަން ބޭނުންވާ ޒުވާނުންނަށް ތަމްރީން ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
“އެކަން ފަހިކޮށްދެވި މިއީ ހަމައެކަނި ދިވެހިންނަށް ޚާއްސަ ދިވެހިން އެކަނި މަސައްކަތްކުރާ ދާއިރާއެއްގެ ގޮތުގައި، ތަމްރީންވެގެން އަންނަ ދިވެހިން އިތުރުވެގެންދާ ދާއިރާއެއްގެ ގޮތުގައި ވާތަން ދެކެން ބޭނުން. އެކަމަށް ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދޭނެ ވާހަކަ ދަންނަވާލަން،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށުގައި ބޯޓުފަހަރު ބަނުމަށް ދޫކުރާ ބިންތައް ދިގުމުއްދަތަށް ކުއްޔަށް ދެވޭ ގޮތަށް ސަރުކާރުގެ ތެރެއިން ކައުންސިލަށް އެކަން މަގުފަހިކޮށްދީގެން އެކަމަށް އިންވެސްޓުކުރާ މީހުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
