
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކޮންމެ ރައީސަކު ވެސް ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ ދެވަނަ ދައުރެއް ހޯދުމުގެ ނިޔަތުގައި ކަމަށާއި، އެހެން ނަމަވެސް ރައީސް ޑރ. މުއިއްޒު، ރައްޔިތުންގެ މަންފާއަށް ޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްފުޅުތަކަކީ ދެވަނަ ދައުރެއް ހޯއްދަވަން ކުރައްވަމުން ގެންދަވާ މަސައްކަތްފުޅުތަކެއް ނޫން ކަމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންނަމާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ފަލާހް ވިދާޅުވީ އެމަނިކުފާނު ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި އެ ލޯނުތައް ދޫކުރި ގައުމުތަކުން ވެސް އެތަކެތި ދޫކޮށްފައި ހުރީ ރާއްޖެއަށް “އަނިޔާ ލިބޭ ގޮތްތަކަށް ބަލައިގެން” ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
“ވެރިން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް ކޮންމެ ވެރިއަކު ވެސް ހިތުގައި އޮންނަނީ ދެވަނަ ދައުރެއް މިއަދާ ހަމައަށް އައި އިރުގައި. އެހެން ނަމަވެސް ވަރަށް ޔަގީންކަމާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެއްވާހަކަ އެބަ އޮތް. އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ހިތްޕުޅުގައި ދެވަނަ ދައުރެއް އޮވެގެންނެއް ނޫން މިއަދު އެމަސައްކަތް ކުރައްވަނީ.” ފަލާހް ވިދާޅުވިއެވެ. ފަލާހް ވިދާޅުވި ގޮތުގައި ރައީސް ބޭނުންފުޅުވަނީ، އެމަނިކުފާނަށް ލިބިވަޑައިގަތް ފަސް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި އުފެދިފައިހުރި މައްސަލަތައް ހައްލުކޮށްދެއްވައި ގައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް ކަމަށެވެ. އެގޮތުން ދެވަނަ ދައުރެއްގައި ކުރަން ކުރީގެ ވެރިން ނިޔަތްގަނެގެން ތިބި އެތައް ކަމެއް ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް މިވީ ކުޑަ މުއްދަތުގެ ތެރޭގައި ހައްލުކޮށްދެއްވާފައިވާކަން ފަލާހް ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް އަޅުއްވަމުންދާ ފިޔަވަޅުތައް ގުޅިފައިވަނީ އިޖްތިމާއި ރީތި ފޭރާމުގައި އަޚްލާގު ގާއިމްވެފައި އޮތް ޒުވާން ޖީލެއް ބިނާކުރުމާ ކަމަށެވެ. އެގޮތުން މަސްތުވާތަކެއްޗާއި މުޖުތަމައުގައި ދެން ވެސް ހުރި ނޭދެވޭ ކަންކަމުން ސަލާމަތްވެފައި އޮތް ޒުވާން ޖީލެއް އުފެއްދުމުގެ މަސައްކަތް ކަމަށެވެ. “އަޅުގަނޑަށް ޔަގީން އެމަނިކުފާނު އެކުރައްވާ މަސައްކަތުގައި މުޅި ރާއްޖެ، ވަކި ރަށެއް ކުޑަ ރަށެއް ބޮޑު ރަށެއް ނިކަމެއްޗެއް ފަގީރެއް މުއްސަންޖެއް ނުބަލާ އެމަނިކުފާނު ތަރައްގީކޮށްދެއްވާނެ. ހެޔޮކޮށް ހިއްތަވާނެ.” ފަލާހް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
