
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިއަހަރުގެ ތެރޭގައި ރ. ރަސްމާދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ރަސްމާދޫއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން އެރަށުގައި ސަރުކާރުން ފަށާފައިވާ، އެހެން ނަމަވެސް ނުނިމި ހުރި ގިނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާލައްވަމުން ރައީސް ވިދާޅުވީ، އެ މަސައްކަތްތައް ނިންމުމަށް ސަރުކާރުގެ އިދާރާތަކުން ފަހިކޮށްދޭން ޖެހޭ ކަންކަން ފަހިކޮށްދީ، އެކަންކަން އަވަހަށް ނިންމުމަށް ބާރުއަޅުއްވާނެ ކަމަށެވެ. އަދި އެކަންކަން ނިންމުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ތަރުތީބު ކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އޭގެ ތެރޭގައި އެރަށުގެ ފެނުގެ ނިޒާމް ގާއިމްކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި އެ މަޝްރޫއުގެ ދަށުން މޫދަށް އެރޭ ސަރަހައްދެއް ގާއިމް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއަހަރުގެ ބަޖެޓުގައި އެންމެ އިސްކަން ދޭ އެއް ދާއިރާއަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން ކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭ ރަސްމާދޫގައި ވެސް މަޝްރޫއެއް ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަށް އެރަށު ރައްޔިތުންނަށް އަރުވާ ކަމަށެވެ.
“ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން އާއިލާތައް ދިރިއުޅެންޖެހުމަކީ އެކަމުގެ ސަބަބުން ކިތަންމެ މައްސަލަތަކެއް ކުރިމަތިވެގެންދާ ކަމެއް. އެހެންވެގެން އެ މައްސަލަ ހައްލުކުރުމަށް އަޅުގަނޑުގެ މެނިފެސްޓޯގައި އަދި ސިޔާސަތުގަ އެގޮތަށް ކަނޑައެޅީ” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށު ސްކޫލުގައި މިހާރު ވެސް ކުރިއަށްދާ ތިން ބުރީގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށް ޓަކައި ޚާއްސަ މަސައްކަތްތަކެއް ސަރުކާރުގެ ތެރެއިން ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސްކޫލުގެ ޖާގައިގެ ދަތިކަމަށް އެ މަޝްރޫއުގެ ސަބަބުން ބޮޑު ލުއެއް ލިބިގެންދާނެ ކަމަށާއި، ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. ތައުލީމީ ދާއިރާއަށްފަހު ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ދެން އެންމެ ބޮޑު އިސްކަމެއް މިއަހަރު ދެއްވާ ދާއިރާއަކީ ސިއްހީ ދާއިރާއެވެ. އެ ދާއިރާއިން އެރަށަށް ކޮށްދެއްވަން ހުރި ކަންކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެރަށުގެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމާއެކު ލެބޯޓްރީއެއް ގާއިމް ކުރުމަށް މިއަހަރު ބަޖެޓުކޮށްފައިވާނެ ކަމަށެވެ. އެކަންކަމަކީ އެމަނިކުފާނުގެ ކެމްޕެއިން ވައުދުފުޅުތަކެއް ކަަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
“ސިއްޙީ މަރުކަޒުގައި ވެސް ޖާގަ އިތުރުކޮށްދީ އަދި ލެބޯޓްރީއެއް ހިމެނޭ ގޮތަށް ޖާގަ އިތުރުކޮށްދިނުމަކީ އަޅުގަނޑު ކުރިއަށް ގެންދާނެ ކަމެއް ކަން ތިޔަ ބޭފުޅުންނަށް ދަންނަވާލަން،” ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން އެރަށުގެ ވަސީލަތްތައް ގާއިމްކުރުމަށް ޓަކައި ފުޓްބޯޅަ ދަނޑެއް ގާއިމްކުރުމާއި ޔޫތު ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަ ތްވެސް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ރަސްމާދޫ އަކީ ފުލުހުން ގާއިމްވެ ތިބި ޚިދުމަތްދޭ ރަށެއް ނޫންކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެރަށަކީ ފުލުހުން ގާއިމްވެ ތިބެ ޚިދުމަތްދޭ ރަށެއްގެ ގޮތުގައި މިއަހަރުގެ ތެރޭ ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
ރައީސް ރަސްމާދޫއަށް ކުރައްވާ ދަތުރުފުޅުގައި އެރަށުގެ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުމާއެކު، ކޮންމެ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމުގެ މަޝްރުއުގެ ދަށުން އެރަށުގައި ވެސް އޭޓީއެމްއެއް ގާއިމްކުރުމާ ބެހޭ އެއްބަސްވުމުގައި މިއަދު ވަނީ އެރަށު ކައުންސިލާއެކު ސޮއިކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
