
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގެ 55 ރަށެެއްގައި ކައުންސިލް އިމާރާތް އެޅުމަށް މި ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ރ. ރަސްމާދޫގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރަސްމާދޫއަށް ވަޑައިގެން އެރަށުގައި އެޅުމަށް ހަމެޖެހިފައިވާ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. އެ ރަސްމިއްޔާތުގައި ބިންގާއަޅުއްވާ ދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 55 ރަށެއްގެ ކައުންސިލްގެ އިދާރާ އިމާރާތް ކުރުމަށް މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާއި ހަވާލު ކުރީ ޖެނުއަރީ 20 ވަނަ ދުވަހެވެ. ރަށްރަށުގައި ހުންނަ ކައުންސިލް އިމާރާތްތައް ބާވެފައި ހުރުމުން އެ ތަންތަން ޒަމާނާ އެއްގޮތަށް މަރާމާތު ކުރުމަކީ ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެމަނިކުފާނުގެ ވައުދުފުޅަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި 120 އަށް ވުރެ ގިނަ ކައުންސިލް އިމާރާތް އެޅުއްވުމެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ 30 ނޫނީ 40 އަހަރުވެފައިވާ ކައުންސިލް އިމާރާތްތަކަށް ޒިޔާރަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި އިރު، އެ ތަންތަން ހުރީ މަރާމާތު ވެސް ނުކޮށް ކަމަށެވެ. އެހެންވެ، ކައުންސިލް އިމާރާތް އެޅުމުގެ މަޝްރޫއު މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
