
ހުޅުމާލޭގައި އެސްޖޭ ކުންފުނިން އަޅަމުންދާ މިސްކިތުގެ މަސައްކަތް، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، މިނިސްޓްރީއިން ބާރުއަޅައިގެން މިސްކިތް އަވަހަށް ނިންމުމަށް ކުރަންޖެހޭ ކަންކަން މިހާރު ދަނީ ކުރަމުންނެވެ. އަދި އަމިއްލަފުޅަށް އެތަނަށް ޒިޔާރަތްކުރައްވައި، ދިމާވެފައިވާ ދަތިތައް ބައްލަވައި، ޙައްލުކުރަންޖެހޭ ކަންކަން ޙައްލުކޮށްދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
އެ މިސްކިތް އެޅުމަށް ގެންނަ ތަކެއްޗަކީ ޑިއުޓީ ފްރީ ތަކެތި ކަމަށް ދެކެވޭ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. 2022 ގައި މަސައްކަތް ފެށި ފަހުން މިއަދާ ހަމައަށް އެ މިސްކިތުގެ މަސައްކަތަށް ގެނެއި އެއްވެސް އެއްޗަކުން ޑިއުޓީ މާފްކޮށްފައި ނުވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އެ މިސްކިތުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހުއެވެ. ނަމަވެސް، ގިބުލަ މާކު ކުރުމާއި، ގޯތީގެ އިން ވަކިކުރުމުގައި ދިމާވި މައްސަލަތަކާ ހުރެ މަސައްކަތް ވަނީ ގިނަ ދުވަސްތަކަކަށް ލަސްވެފައެވެ. އެގޮތުން، ގިބުލަ މާކު ކޮށްދިނުމަށް އެދި ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވައި، ގޯތީގެ އިންވަކިކުރުމުގައި ދިމާވި މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން، 2023 ވަނަ އަހަރުގެ ޖޫން 24 ވަނަ ދުވަހު ވަނީ ފައުންޑޭޝަން އިންސްޕެކްޝަން ހަދައި، ކޮންކްރީޓް އެޅުމުގެ ހުއްދަ ދީފައެވެ. މިސްކިތް ނިންމުމަށް ކުރެވޭ މަސައްކަތުގައި އެސްޖޭ ކުންފުނީގެ އެހީތެރިކަން ލިބެމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
