
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މީގެ ކުރިން ހުވަދު އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ގއ. ކަނޑުހުޅުދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނާ ސަލާމްކުރެއްވުމަށް އަތުރާލެވިފައި އޮތް މީހުންގެ ލައިނުން ތުއްތު ކުއްޖަކު އެމަނިކުފާނަށް ދިއްކޮށްލި ސިޓީގެ ވާހަކަ އެންމެން ވެސް އަޑުއަހާފައިވާނެއެވެ. އެ ތުއްތު ކުއްޖާގެ އާދޭސް ރައީސް އެއްސެވީ ކުލުނުވެރިކަމާއި އޯގާތެރިކަމާއެކު އެވެ.
މަންމަގެ އުރުގައި އިނދެ ރައީސަށް ތިން އަހަރުގެ އެ ތުއްތު ކުއްޖާ ދިއްކޮށްލި ސިޓީގައި ބުނީ “އައި މިސް މައި ޑެޑީ” ނުވަތަ ބައްޕަ މަތިން ވަރަށް ހަނދާންވާ ކަމަށެވެ. ތުއްތު ކުއްޖާގެ އާދޭހާއި އިހުސާސްތައް ދެނެގަނެ، އޯގާތެރިކަމާއި ކުލުނު އިސްކޮށް، ރައީސް ނެންގެވީ އެކަމަށް ވަގުތުން އެކްޝަނެވެ. އަތޮޅުގެ އެހެން ރަށެއްގައި ފުލުހުންގެ ޚިދުމަތުގެ ވަޒީފާ އަދާކުރަމުން އައި އެ ތުއްތު ކުއްޖާގެ ބައްޕަ، 45 މިނެޓު ތެރޭ އެރަށަށް ގެނެސް، އޭނާ ވަޒީފާ އަދާ ކުރާ ރަށަކީ ކަނޑުހުޅުދޫ ގޮތުގައި ކަނޑައެޅިއެވެ.
ރައީސްގެ ހިތްތިރިކަމާއި އޯގާތެރިކަން ހާމަވެގެން ދިޔަ އެ ހާދިސާއަށް އަދި މާގިނަ ދުވަހެއް ނުވެއެވެ. މިއަދު ފެނިގެންދިޔައީ އެފަދަ އެހެން މަންޒަރެކެވެ. ރ. މަޑުއްވަރީންނެވެ. މިފަހަރު ރައީސް އެކްޝަނެއް ނުނެންގެވި ނަމަވެސް ދެއްކެވީ ރިވެތި މިސާލެވެ. ދިވެހި ރައްޔިތަކު އެމަނިކުފާނު އަރިހަށް އޮއްސާލި އުދާސްތައް ބުރަހީވުމެއް ނެތި ކަނުލާ އަޑު އެއްސެވީ އޯގާތެރިކަމާއި ލޯތްބާއެކުއެވެ. މީސްމީޑިއާގައި މިކަން ހިނގައިދިޔަ ތަނުގެ ވީޑިއޯއާއި ފޮޓޯ ދަނީ ދައުރުވަމުންނެވެ. އަދި މަޑުއްވަރީގައި ރައީސްގެ ދަތުރު ކަވަރު ކުރަމުންދިޔަ ވަގުތުގެ ނޫސްވެރިޔާ ވެސް ވަނީ މިކަން ހިނގައިދިޔަ ގޮތް ތަޖުރިބާކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި މީގެ ހަތަރު އަހަރު ކުރިން ސަސްޕެންޑުކޮށްފައިވާ ސަރުކާރުގެ މުވައްޒަފެކެވެ. މިއަދު ރައީސް އެރަށަށް ވަޑައިގަންނަވާތީ ބްރިސިލް ބޯޑުގައި އޭނާގެ އުދާސްތައް ލިޔެގެން ލައިނުގެ ކިއުގައި އިންތިޒާރުކޮށްގެން ހުރީ ރައީސް އޭނާގެ ގާތަށް އަންނާނެ ހިނދުކޮޅަށެވެ. ރައީސްއާ ބައްދަލުކޮށް އާދޭސް ދަންނަވަން ލައިނުގައި ހުއްޓާ ސެކިއުރިޓީން އޭނާ ފަހަތައްވެސް ޖެއްސިއެވެ. އެހެން ނަމަވެސް ފަހުން އަނެއްކާ ލައިނުން އޭނާއަށް ޖާގަދިނެވެ.
ރައީސަށް މަރުޙަބާ ދަންނަވަން އެއްވެފައި ތިބި މީހުންނާ ސަލާމް ކުރައްވަމުން ރައީސް ވަޑައިގެންނެވި އިރު އޭނާ ހުރީ އޭނާގެ އިހުސާސްތައް ލިޔެފައިވާ އެ ބްރިސިލްބޯޑުތައް އަތަށް ލައިގެންނެވެ. އޭނާއާ ރައީސް އަރާ ހަމަވުމުން އެމަނިކުފާނުގެ އަރިހަށް އުދާސްތައް ބަންޑުންކޮށްލީއެވެ. އެ މައްސަލައިގައި އޭނާގެ ދިރިއުޅުން ހުއްޓިފައިވާ ކަމުގެ އުދާހާއި އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ ހިތްދަތިކަމުގެ ވާހަކައެވެ. އެ މައްސަލަ ކޮޅެއްގައި ޖައްސައިދިނުމަށް އެދުނު އެދުމާއި ސަލާމަތްވުމަށް އެދި މީގެ ކުރިން ރައީސް އޮފީހަށް ފޮނުވި ސިޓީތަކުގެ ޖަވާބު ނުލިބޭ ކަމުގެ ޝަކުވާއެވެ.
އެ މީހާގެ ހުރިހާ ޝަކުވާއަކާއި އުދާހެއް ރައީސް އަޑު އެއްސެވީ ޝައުގުވެރިކަމާއެކުގައެވެ. ހިނިތުންވެ، އޯގާތެރިކަމާއެކު އުއްމީދު އައުކޮށްދޭ މިސާލުގައެވެ. އެމަނިކުފާނު ދެއްކެވީ، ކޮންމެ ކަމެއްގައި ވިޔަސް ރައްޔިތު މީހާގެ އަޑު އެމަނިކުފާނު އައްސަވާނެ ކަމެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އަޅާލުމާއި ލޯތްބާއެކު، ދެމިހުންނަވާނެ ކަމުގެ ޔަގީންކަމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
