
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރ. މަޑުއްވަރީގެ އިހްތިސާސްގެ ތެރޭގައި ރ. އުފުލަންދޫ އަދި ރ. މީދޫގެ އިހްތިސާސްގެ ތެރޭގައި ރ. ތާވަތާ ހިމެނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރ. އަތޮޅުގެ 11 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޑުއްވަރީ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަޑުއްވަރީގައި ފައިބަރުގެ މަސައްކަތް ފަދަ އިގްތިސާދީ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
މިގޮތަށް ރަށުގައި ހުރި ތަންތަން ރަށުން ބޭރަށް ބަދަލު ކުރުމަކީ ރަށުގެ ޖާގަ ވަރަށް ބޮޑަށް އިތުރު ކުރެވޭނެ ކަމެއް ކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
“ކެންސަރު ބަލިތައް ފަދަ ބަލިތައް އިތުރު ވަނީ ފައިބަރުގެ މަސައްކަތް ފަދަ ކަންކަން ކުރުން ކަމަށްވާތީ. މި ރަށުގައި އެކަމުގެ މައްސަލަ ބޮޑުކަން އަޅުގަނޑަށް އެނގިފައި އެބައޮތް،” ރައީސް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މިކަންކަމަށް ހައްލު އަންނާނީ މާނަ ހުރި ހައްލެއް ގެނެސްގެންނެވެ. “އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުން ވަނީ ތިޔަބޭފުޅުންގެ މި ހުރި ހުރިހާ މައްސަލައެއް ހައްލު ކުރެވޭ ގޮތަށް އުފުލަންދޫ މި ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމަނައި ދިނުމަށް އަޅުގަނޑު ނިންމި ވާހަކަ.” ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމާ ގުޅޭ ގާނޫނީ ލިޔެކިޔުންތަކުގެ ކަންކަން ކުރިއަށް ގެންގޮސް އެކަން ހަމަޖެހިގެން ދާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން ދިރިއުޅޭ ސަރަހައްދެއްގައި ނުހިމެނޭ ހުރިހާ ކަމެއް އުފުލަންދޫއަށް ބަދަލު ކުރުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. “އެކަން ކުރެވުނީމަ ބިން އިތުރު ކުރެވިގެން ދިޔައީ، ގޯތި ގެދޮރު، ހައުސިން މަޝްރޫއުތަކަށް ވެސް ޖާގަ އިތުރުވީ،” ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވަނީ މީދޫގެ އިހްތިސާސްގައި ރ. ތާވަތާ ހިމެނުމަށް ނިންމިކަން ވެސް މިއަދު އިއުލާން ކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
