
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރ. މަޑުއްވަރީ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރ. އަތޮޅުގެ 11 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޑުއްވަރީ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަޑުއްވަރީގެ ބިން ފުރި، އެކަށީގެންވާ ޖާގައެއް މިހާރު ނެތުމަކީ އެންމެ ބޮޑު މައްސަލަ ކަމަށެވެ. މަޑުއްވަރީ ފަޅު ތެރޭގައި ބިން އިތުރު ކުރުމަށް ވެސް މާ ބޮޑު ފުރުސަތެއް ނެތް އިރު، ހިއްކެން އޮތީ ހައެއްކަ ހެކްޓަރުގެ ބިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑު ވައުދުވިން ހިއްކެން އޮތް އެންމެ ފުޅާކޮށް، އެންމެ ބޮޑުކޮށް ހިއްކައި ދޭނެ ކަމަށް. އެހެންވީމަ އެ މަޝްރޫއަކީ އަޅުގަނޑު ވައުދުވީ ގޮތަށް ކުރިއަށް ގެންދާނެ ކަމެއް. މި އަހަރުގެ ބަޖެޓުގެ ތެރޭގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އަޅުގަނޑު ވާނީ ނިންމާފައި،” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“މި އަހަރުގެ ތެރޭގައި އެ މަޝްރޫއު (މަޑުއްވަރީ ބިން ހިއްކުން) ކުރިއަށް ގެންދާނަން، އެކަން ފަށާނަން،” ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަޑުއްވަރީ ބަނދަރު ކުރިން ހެދިއިރު، “ބެކްފިލް” ނުކޮށް އޮތް ސަރަހައްދެއް އޮތުމުން މަދިރި އުފެދި ރަށުގައި ޑެންގީ ފެތުރުން ފަދަ ކަންކަން ހިނގަމުންދާތީ އެކަން ވެސް ހައްލު ކުރަން ޖެހޭ ކަމަށެވެ. އަދި ރަށުގެ ގިރާ ސަރަހައްދެއް އޮތުމުން އެކަން ވެސް ހައްލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ހިއްކާ ބިން ހިމާޔަތް ކުރުން ފަދަ ކަންކަމަކީ ވެސް އެކުއެކީގައި ކުރަން ޖެހޭ ކަންކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ދެ ބަނދަރު އޮތް އިރު، ދެ ބަނދަރުގައި ވެސް ވަނީ ކަންތައްތައް ކުރަން ޖެހިފައި. އެއް ބަނދަރުގައި ބޭރު ތޮށި ވެހިކަލް އެރޭ ގޮތަށް ބަދަލުކުރުމާއި އެކަމަށް ބޭނުންވާ މަސައްކަތްކޮށް ދިނުމާއި މި ހުރިހާ ކަމެއް އެކުއެކީގައި ކުރިއަށް ގެންދިއުމަކީ ދެކޮޅު ޖެހޭނެ ގޮތަކަށް ވާނީ،” ރައީސް ވިދާޅުވިއެވެ.
މަޑުއްވަރީއަށް ވައުދުވެވަޑައިގެންނެވި ކަންކަން
– 50 ހައުސިން ޔުނިޓް އެޅުން
– ބަނދަރުގެ މައްސަލަ ހައްލުކުރުން
– ބިން ހިއްކުން
– ގިރާ ސަރަހައްދު ހިމާޔަތް ކުރުން
– މަގު ހެދުމުގެ މަސައްކަތް ކުރުން
– ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުން
– ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުން
ރައީސް ޑރ. މުއިއްޒު ވަނީ މި ހުރިހާ ކަމެއް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން މަޑުއްވަރީ ރައްޔިތުންނަށް ދެއްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
