
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުالله (މުހައްމާ) އާއި ބްރޮޑްކޮމްގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަންކޮށްފިއެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ރޭ ވަނީ އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަނު ކޮށްފައިވާކަން އިއުލާންކޮށްފައެވެ. ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ ޖާގައަށް މެންބަރުން ހޮވުމަށް ރައްޔިތުންގެ މަޖިލިހުގައި ވޯޓަށް އެހީ މި މަހުގެ 16 ގައެވެ. ސަރާހަތު ހޮވުމަށް ވޯޓަށް އެހުމުން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ދެވަނަ އަށް އެންމެ މަތިން މާކްސް ލިބުނު ނޫސްވެރިޔާ ޝިފްޒާ މުސްތަފާގެ ނަން ފާސްވެފައެއް ނުވެއެވެ. ޝިފްޒާ އައްޔަންކުރުމަށް ފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ނުފެންނަ ކަމަށް 50 މެންބަރުން ވޯޓުދެއްވިއެވެ. މުހަންމާ ބްރޮޑްކޮމްގެ މެންބަރު ކަމަށް ހޮވުމަށް ފެންނަ ކަމަށް 58 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ދެ މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދެ މެންބަރުން ޢައްޔަންކުރަން ޖެހުނީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަޙީދާ އާއި މެންބަރު އަލީ ޔޫސުފްގެ ދައުރު މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ހަމަވުމާ ގުޅިގެންނެވެ. މި މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން ޝަރުތު ހަމަވާ 12 ބޭފުޅެއްގެ ނަން ރައީސް އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ހުށަހެޅުއްވިއެވެ. އޭގެ ތެރޭގައި އެންމެ ކުރީގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި އިބްރާހިމް މުއާޒްގެ ނަންފުޅެވެ. ނަމަވެސް ކޮމިޓީ މަރުހަލާފައި މުއާޒަށް މަތިން މާކްސް ލިބިފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
